ދިވެހިރާއްޖެ
ނިއުސްލެޓަރގެ އައިޑެންޓިޓީއާއި ލޭއައުޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
މި އޮތޯރިޓީގެ ނިއުސްލެޓަރ "ރިވެލި" ގެ އައިޑެންޓިޓީއާއި ލޭއައުޓް، ތިރީގައިއެވާ މަޢުލޫމާތާ އެއްގޮތަށް ފަރުމާކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯޒަލާއި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
"ރިވެލި" ނިއުސްލެޓަރގެ އައިޑެންޓިޓީ؛
- "ރިވެލި" މި ބަހުގެ މާނައަކީ "ގޭގެ ދޮރުން ބޭރަށް ނުކުމެފައި ހުންނަ އަލި" އެވެ. އެހެންކަމުން، ނިއުސްލެޓަރގެ އައިޑެންޓިޓީން މި ބަހުގެ މާނަ ދޭހަވާންވާނެއެވެ.
ނިއުސްލެޓަރގެ ލޭއައުޓް؛
- ނިއުސްލެޓަރގެ ލޭއައުޓުގައި، ނިއުސްލެޓަރގެ ނަން 'ރިވެލި' އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ލޯގޯއާ ގުޅޭ/އެއްގޮތް ސިފަތަކެއް ނުވަތަ ކުރެހުންތަކެއް ހުންނަންވާނެއެވެ.
- ލޭއައުޓްގައި ދަނބު އަދި އޮރެންޖް ކުލަ ބޭނުންކުރަންވާނެއެވެ.
- ނިއުސްލެޓަރގެ ސައިޒަކީ A4 ސައިޒެވެ.
- ނިއުސްލެޓަރގެ ފުރަތަމަ ޞަފުޙާއަށް ވަކި ލޭއައުޓެއް، ފަހު ޞަފުޙާއަށް ވަކި ލޭއައުޓެއް އަދި އެތެރޭގެ ޞަފުޙާތަކުގައި ބޭނުންކުރުމަށް ވަކި ލޭއައުޓެއް ހަދަންވާނެއެވެ.
ޕްރޮޕޯޒަލް އަންދާސީހިސާބުގައި ހިމަނަންވީ ބައިތައް:
- މަސައްކަތުގެ އަގު (މި މަސައްކަތުގެ އަގު -/4،000 (ހަތަރުހާސް) ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެއެވެ).
- މަސައްކަތް ނިންމޭނެ މުއްދަތު.
- ލޯގޯ ފަރުމާކުރާ ފަރާތުގެ ވަނަވަރު/ޕްރޮފައިލް (ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީ އަދި ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީކުރި ސެޓުފިކެޓުގެ ކޮޕީ)
- މީގެކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް.
މި ބިޑް އެވޯޑްކުރުމުގައި ޕޮއިންޓު ދޭނެ މިންގަނޑު
- އަގު: %60
- ތަޖުރިބާ %25
- މަސައްކަތް ނިންމޭނެ މުއްދަތު % 15
ޕްރޮޕޯޒަލް/އަންދާސީހިސާބު ހުށަހެޅުން: 29 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ)، އީ-މެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް ފޮނުވުމަށް.
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
30 ޛުލްޤަޢިދާ 1436