ދިވެހިރާއްޖެ
ނަންބަރު: (IUL)242-CA/242/2025/20
އިޢުލާން
2025 ވަނަ އަހަރުގެ ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތުގައި ފަޑިޔާރުކަންކޮށްދޭނެ ފަޑިޔާރުންގެ ޕެނަލްއެއް ހޯދުމާއި ގުޅޭ
2025 އޮގަސްޓް 20 ން 23 ގެ ނިޔަލަށް ގދ. އަތޮޅުކައުންސިލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ " ގދ. އަތޮޅު ކައުންސިލްގެ ޤުރްއާން މުބާރާތް 2025" ގައި އިންސާފުކޮށްދޭނެ 03 ފަޑިޔާރުންގެ ޕެނަލްއެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)242-CA/242/2025/15 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީ މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގެ ކުރިން މިއިދާރާގެ [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ޝީޓް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6841032 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.