މަސައްކަތް
ނަންބަރު: GS-168/IUL/2015/016
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:48
ސުންގަޑި: 05 އޮކްޓޫބަރު 2015 14:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކުރުމާ ގުޅޭ

މަރާމާތުކުރުމާ ގުޅޭ

ތިރީގައި މިދަންނަވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ކުލާސްރޫމްތަކުގެ ދޮރުމަތީގައި ގާ އެތުރުން.

2- ބީ.ބްލޮކް ޢިމާރާތު ކޮޅުބިތުގެ ނަލަފިލާ މަރާމާތުކުރުން.

3- ކޮމްޕިއުޓަރ ލެބްގެ ދިޔަދޮވި މަރާމާތުކުރުން.

4- އޭ.ބްލޮކްގައި ހުރި ކުލާސްރޫމްތަކުގެ ބައެއް ދޮރުތަކާއި، ދޮރުފަތްތައް މަރާމާތު ކުރުން.

5- ހުޅަނގުފަރާތުގެ ފާރު 5 ފޫޓަށް އުސްކުރުމާއެކު ކަން ވައްކުރުމާއި (ހުޅަނގު އުތުރު ކަން) ފާރުގެ ދެފަރާތުގައި ސިމެންތި ޖެހުމަށް.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.                                                         

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން، 5 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.                               

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މި ސްކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކޮންމެ މަސައްކަތަކަށް ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ވަކި ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، އެމަސައްކަތެއްގެ ނަން އެނގެން އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

15 ސެޕްޓެންބަރު 2015