ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2025/179
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:51
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބައިވެރިން ހޯދުމާބެހޭ

ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ" ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢު" ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން  "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު " ނަމުގައި މަޝްރޫޢު އެއް ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިންގެ އަސްލުތަކާއި ދިވެހިވަންތަކަމުގެ ސިފަތަކާއި ހަނދާންތައް ގެއްލެމުން ދާތީ، މި ހަނދާންތައް ރިކޯޑުކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމުގެ ޤާބިލްކަން ދިވެހީންގެ ކިބައިގައި އަށަގަންނަވައި، ދިވެހީންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަގާފަތް އަތޮޅުތަކާއި ރަށްރަށުގައި އިއާދަކޮށް އާލާކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ. މިގޮތުން މި މަޝްރޫއު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ.

               މި މަސައްކަތުގައި ސަބަބުން ރަށުގެ ތާރިޚު ރައްކާކުރެވި، އިސްވެރިންނަށް، (މާމައިންނާއި ކާފައިންނަށް) ކުރެވޭ އިޙުތިރާމު އިތުރުވެ، ތައުލީމު ފޯރުވައިދިނުމާއި ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވިގެން ދާނެއެވެ. އަދި އިޤްތިސާދީގޮތުން ކުރެވޭ މަސައްކަތްތަކުގައި ބޭނުންކުރެވޭނެ ދިވެހިންގެ ވާހަކަތަކާއި އުފެއްދުންތައް ފަރުމާކުރުމަށް ބޭނުންވާ މައުލޫމާތުވެސް އެއްކުރެވިގެން ދާނެއެވެ.      

             ވީމާ، މިމަޝްރޫޢުގައި މަސައްކަތްކުރުމަށް ޝަޢުގުވެރިވާ ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 31 ޖުލައި 2025 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މިމަޝްރޫއުއަށް ބައިވެރިން ނަގަން ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ހުށަހަޅާ 10 ބައިވެރިންނެވެ. މިސައްކަތްކުރުމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ (ހަފްތާއަކު 1 އޮންލައިން ޝެޝަން) ދާދިވަރު ޕްރޮގްރާމެއް އަދި 3 ދުވަހުގެ ޢަމަލީ ތަމްރީނެއް ފުރިހަމަކުރަންޖެހޭނެއެވެ.

އޮންލައިން ފޯމް: https://forms.office.com/r/tm21UmgD2L

20 ޖުލައި 2025