މަސައްކަތް
ނަންބަރު: (IUL)88-SS/PRIV/2015/7
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:42
ސުންގަޑި: 28 ސެޕްޓެންބަރު 2015 11:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިންގެ ދުވަހުގެ ޙަފުލާގެ ސެޓަޕް ހަދައި، ޙަފުލާގެ ކަންތައްތައް އިންތިޒާމުކޮށް ރާވައިދިނުން

2015 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުން

2015 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގޭ އެކި ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ގިނަފަރާތްތަކެއް ބައިވެރިވާ ރަސްމީ ޙަފުލާއެއް، އަންނަ އޮކްޓޫބަރުމަހުގެ ދެވަނަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ޙަފުލާގެ ސެޓަޕް ހަދައި، ޙަފުލާގެ ކަންތައްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ސެޕްޓެންބަރު 2015 ވާ ބުދަދުވަހުގެ 14:30 ގެ ކުރިން މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 ޛުލްޙިއްޖާ 1436

15 ސެޕްޓެންބަރު 2015