ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2025/65
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 30 ޖުލައި 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކަނޑުހުޅުދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މިރަށު އެކި ސަރަހައްދުތަކުގައި ބެންޗް ހަދައިދޭނެ ފަރާތެއް ބޭނުން ވެއްޖެ

ގއ ކަނޑުހުޅުދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މިރަށު އެކި ސަރަހައްދުތަކުގައި ބެންޗް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މައުލޫމާތު ސާފުކުރުން:     22 ޖުލައި 2025 ވަނަ ދުވަހު 13:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން:30 ޖުލައި 2025 ވަނަ ދުވަހު 13:00 ގައި

 

މައުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7916100،6820020 އަށް ގުޅުއްވުން އެދެމެވެ.

20 ޖުލައި 2025