ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS80/GS80/2025/17
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 31 އޮގަސްޓް 2025 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ސްކޫލް
ދިވެހިރާއްޖެ
2026 ގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާ ގުޅޭ

2026 ވަނަ ދިރާސީ އަހަރު އުލިގަމު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

2026 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 2026 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާގުޅޭ ސަރކިއުލާއާ އެއްގޮތަށެވެ.

ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް

ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލަރގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް ތިރީގައި ޙިއްސާކޮށްފައި އެވަނީއެވެ.

ގްރޭޑް

2026 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރުފުރާތައް

އެލް.ކޭ.ޖީ

2025 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން  އަދި، 2025 ދިރާސީ އަހަރު

އެލް. ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ގެ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1

2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ގެ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.

  • އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، 2025 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވިދާނެއެވެ.

ފޯމް ހުށަހެޅުމާއި، ފޯމް ބަލައިގަތުން:

ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، ‏2025‏ އޮގަސްޓް‏ 31‏ ވާ އާދީއްތަ‏ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

  • ސްކޫލު އެޑްމިޝަން ފޯމާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.
  1.    ކުއްޖާގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލާއި ކޮޕީ
  2.    ބެލެނިވެރިޔާގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ
  3.    ވެކްސިން ކާޑުގެ އަސްލާއި ކޮޕީ،
  • ސްކޫލް އެޑްމިޝަން ފޯމް ބަލައިގަތުމަށްފަހު، ފޯމް ބަލައިގަތްކަމަށް ބެލެނިވެރިޔާއަށް ސްލިޕެއް ދޫކުރާނެއެވެ.
  • އީމެއިލުން ހުށަހަޅުއްވާނަމަ، [email protected]  އަށް ފޯމް ފޮނުއްވުން އެދެމެވެ.
  • އީމެއިލުން ފޮނުވާ ފޯމްތައް ބަލައިގަންނާނީ، ޕީ.ޑީ.އެފް ފޯމެޓުގައި އެއް ޑޮކިއުމަންޓެއް ގޮތަށް، ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު އެއްކަރުދާސްކޮށް، ފޮނުވާފައިވާ ފޯމްތަކެވެ.
  • އަދި އީމެއިލް ކުރައްވާއިރު، އީމެއިލް ސަބްޖެކްޓްގައި ސްކޫލު އެޑްމިޝަނަށްއެދި ކަމަށް އެނގޭނެފަދަ ގޮތަކަށް ޖައްސަވަންވާނެއެވެ.
  • ސްކޫލަށް ވައްދަން އެދޭ ފޯމް އީމެއިލުން ހުށައަޅުއްވާ ފަރާތްތަކަށް "ސްކޫލަށް ވެއްދިކަމުގެ ލިޔުން" ދޫކުރާނީ ލިޔުންތަކުގެ އަސްލު ސްކޫލަށް ހުށަހަޅައި ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހުއެވެ.
  • މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ.

އެޑްމިޝަން ފޯމް ދޫކުރުން:

ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ. އަދި ތިރީގައިވާ ލިންކުތަކުން ވެސް ފޯމު ޑައުންލޯޑުކުރެވެން ހުންނާނެއެވެ. ފޯމް ލިބުމުގައި އެއްވެސް ދަތިކަމެއްވާނަމަ، މައުލޫމާތު ސާފުކުރަން ދެވިފައިވާ ނަންބަރަށް ގުޅުއްވުމުން، ފޯމް ލިބުމުގެ އިންތިޒާމް ހަމަޖައްސައިދޭނެއެވެ.

އެލް.ކޭ.ޖީ/ޔޫ.ކޭ.ޖީ އަށް ވަންނަން އެދޭ ފޯމް

https://shorturl.at/CbLiP

ގްރޭޑް 1 އަށް ވަންނަން އެދޭ ފޯމް

 https://shorturl.at/m3oQE

 

އިތުރު މައުލޫމާތު ސާފުކުރުން:

ދަރިވަރުން ސްކޫލަށް ވެއްދުމާގުޅޭގޮތުން ސުވާލެއް ވާނަމަ، ސްކޫލުގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ނުވަތަ ފޯނުން ގުޅުއްވާނަމަ، 6500548 ނަންބަރާ ގުޅުއްވުން އެދެމެވެ.

ވީމާ، މި ކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ޖުލައި 2025