ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)388-ADM/388/2025/102
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 31 ޖުލައި 2025 12:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޓީޗަރ (ޕްރީސްކޫލް)

މަޤާމް :އެސިސްޓެންޓް ޓީޗަރ (ޕްރީސްކޫލް)
ބޭނުންވާ އަދަދު :1

މަޤާމު:

އެސިސްޓެންޓް ޓީޗަރ (ޕްރީސްކޫލް)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (05 މަސް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ވަންދޫ ކައުންސިލް އިދާރާ/ ވަންދޫ ޕްރީސްކޫލް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1535 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމާއި ކޮންމެ ޓާރމްއަކު ރިޕޯޓް ކާޑު ފުރިހަމަކޮށް ނިންމުން
  2. ޕްރީސްކޫލް ދަރިވަރުންގެ ހާޟިރީ ބެލެހެއްޓުން
  3. ކައުންސިލްގެ މަޝްވަރާގެމަތިން  ކޮންމެ ދިރާސީ އަހަރަކަށް ސްކޫލްގެ މުޤައްރަރު ތައްޔާރުކުރުން
  4. ޕްރީސްކޫލް ދަރިވަރުންގެ ލެސަން ޕްލޭން ތައްޔާރުކުރުމާއި މުޤައްރަރާ އެއްގޮތަށް ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުން
  5. ކޮންމެ ޓާރމެއް ނިމުމުން، މުޤައްރަރުން ކިޔަވައިދެވުނު މިންވަރާއި ކުދިންނަށް ޚާސިލްވީ މިންވަރު ކައުންސިލާ ޚިއްސާކުރުން
  6. ކޮންމެ އެކަޑަމިކް އަހަރެއް ފެށުމުގެ ކުރިން މުޤައްރަރު އިވެލުއޭޓްކޮށް އިސްލާޙުކުރަންޖެހޭ ކަންކަން ކައުންސިލްގެ ސަމާލުކަމަށް ގެނައުން
  7. ދިރާސީ އަހަރު ނިމުމުން ޕްރީ ސްކޫލްގެ އަހަރީ ރިޕޯޓްތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން
  8. ކޮންމެ ޓާރމެއް ފެށުމުގެ ކުރިން އެޓާރމެއްގައި ހިންގަން ރާވާ ޚާއްސަ ކަންތައްތަކާއި ޚާއްސަ ދުވަސްތައް ކަނޑައަޅައި ކައުންސިލަށް އެމައުލޫމާތު ޙިއްޞާ ކުރުމުން
  9. ދަރިވަރުންނާ ގުޅުންހުރި ޚާއްސަ ދުވަސްތައް ފާހަގަ ކުރުމާއި އެކިއެކި މުބާރާތްތައް ބޭއްވުން. މިގޮތުން އަހަރަކު އެއްފަހަރު މަދުވެގެން 1 ޤުރުއާން މުބާރާތް، 1 މަދަހަ މުބާރާތް، 1 ސްޕޯޓްސް ވީކް އަދި ސަޤާފީ ހަރަކާތެއް ކައުންސިލްއާއި ގުޅިގެން ދަރިވަރުންނަށް އިންތިޒާމްކޮށް ހިންގުން
  10. ޕްރީސްކޫލާއި ގުޅުންހުރި އެންމެހާ ކަންތައްތަކުގައި އިސްވެ ހަރާކާތްތެރިވުމާއި ކައުންސިލުން ރަށުފެންވަރުގައި ހިންގާ އިޖްތިމާއީ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުން
  11. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  12. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ޓީޗިންގ ސާވިސަސް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 31 ޖުލައި 2025 އާއި 07 އޮގަސްޓް 2025 އާ ދެމެދު، ވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ،7980047/6780041 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

20 ޖުލައި 2025