ދިވެހިރާއްޖެ
ހޯލް ޢިމާރާތުގައި އެލްމިނިއަމް ދޮރު ހަރުކުރުމާއި ޕާޓިޝަން ޖެހުމާއި ސީލިންގް މަރާމާތު ކުރުން
މިމަދަރުސާގެ ޖަލްސާކުރާ ހޯލު ޢިމާރާތުގައި އެލްމެނިއަމް ކުޑަދޮރާއި ބޮޑުދޮރު ހަރުކުރުމާއި ޕާޓިޝަން ޖަހައި ހަރުކުރުމާއި ސީލިންގުން ބައެއް މަރާމާތު ކުރުން؛ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2015 ޖުލައި 12ވަނަދުވަހު ކުރި ނަންބަރު GS97/2015/25 އިޢްލާނާއިގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތަކުގައި ކޯޓޭޝަން ހުށަހަޅާފައި ނުވާތީވެ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަދަރުސާގެ ޖަލްސާކުރާ ހޯލު ޢިމާރާތުގައި އެލްމެނިއަމް ކުޑަދޮރާއި ބޮޑުދޮރު ހަރުކުރުމާއި ޕާޓިޝަން ޖަހައި ހަރުކުރުމާއި ސީލިންގުން ބައެއް މަރާމާތު ކުރުން؛ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަދަރުސާގެ އޭވީރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުރައްވައި ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފުސީލު |
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
1 |
އެލްމެނިއަމް ކުޑަދޮރާއި ބޮޑުދޮރު ހަރުކުރުން |
2015 އޮކްޓޫބަރު 04 ވަނަދުވަހުގެ މެންދުރު ކުރީ 11.00ގައި |
2015 އޮކްޓޫބަރު 12 ވަނަ ދުވަހުގެ މެންދުރު ކުރީ 11.00ގައި |
2 |
ޕާޓިޝަން ޖެހުމާއި ހަރުކުރުން |
||
3 |
ސްޓޭޖްގެ ސީލިންގު މަރާމާތުކުރުން |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ތިރިގައި މިދަންނަވާ ތަކެތި ހަމަކޮށް ގެންނަވަންވާނެއެވެ.
- ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތުހަމަނުވާ އައިޑީ ކާޑު.
- ވަކި ފަރާތެއްތަމްސީލުކުރައްވާ ބޭފުޅުން އެކަން އެނގޭނެ ރަސްމީ ލިއުމެއް(މިލިއުމުގެ ތާރީޚު ބިޑްހުށަހަޅާ ތާރީޚުގެ 07 ދުވަހަށްވުރެ ކުރިވެގެން ނުވާނެއެވެ.)
- ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެންމެ ފަރާތެކެވެ.
- މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ޤަބޫލެއް ނުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520529 ނަންބަރު ފޯނާއެވެ.
03 ޛުލްޙިއްޖާ 1436