ދިވެހިރާއްޖެ
FSM-ADV/2025/085
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 ޗީފް އިންޖިނިއަރ، ލޮޖިސްޓިކްސް  | 
| 
 ޑިޕާޓްމަންޓް/ސެކްސަން:  | 
 ލޮޖިސްޓިކްސް  | 
| 
 ބޭނުންވާ އަދަދު:  | 
 01  | 
| 
 މަސައްކަތުގެ ބާވަތް:  | 
 - އިންޖީނު ރޫމްގައި ހުންނަ ހުރިހާ މެޝިނަރީއެއް ހިންގުމާއި މަރާމާތުކޮށް ބެލެހެއްޓުން. - ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން ހުރިހާ ސާމާނެއް ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން. - މަސައްކަތުގެ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތަކަށް ތަބާވުން. - އުޅަނދުފަހަރާއި ފަޅުވެރިންގެ ރައްކާތެރިކަމަށްޓަކައި ފަޅުވެރިންނާއި ސާފުވާނެހެން މުޢާމަލާތުކޮށް، ކުއްލި ޙާލަތްތަކުގައި އަޅަން ހުރިފިޔަވަޅުތައް އެޅުން. - އުޅަނދުފަހަރަކީ ސަރުކާރުގެ ޤަވާއިދާއި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާ އުޅަދެއްކަން ކަށަވަރުކުރުން.  | 
| 
 ޝަރުތުތައް:  | 
 - ޓްރާންސްޕޯޓް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ CDC އާއި COC 3000BHP އަށް ވުރެން ދައްނޫން ސެޓްފިކެޓެއް އޮތުން - އެޑްވާންސް ޓްރެއިނިންގ ފޯ އޮއިލް ޓޭންކަރ ކާގޯ އޮޕަރޭޝަންސް ސެޓްފިކެޓް އޮތުން - 2 އަހަރު ދުވަހުގެ ސައްހަ ސީމަން މެޑިކަލެއް އޮތުން  | 
| 
 މުސާރަ:  | 
 - 35,000ރ އާއި 36,500ރ އާއި ދެމެދު  | 
| 
 މަސައްކަތަށް ނިކުންނަން ޖެހޭ ތަން:  | 
 ލޮޖިސްޓިކް ޑިޕާޓްމަންޓް / ބާރޖް  | 
| 
 މަޤާމް:  | 
 އެސިސްޓަންޓް މެރިން ކުކް  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 ޝަރުތުތައް:  | 
 - ސީމަން މެޑިކަލް ސެޓްފިކެޓް ހާސިލްކޮށްފައިވުން (2 އަހަރު ދުވަހުގެ މުއްދަތު ހުރުން) - ތިރީގައިމިވާ ސޭފްޓީ ޓްރެއިނިނިންގް ތައް ފުރިހަމަކޮށްފައިވުން 
 - 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން  | 
| 
 މަސްޢޫލިއްޔަތު:  | 
 - ފަޅުވެރިންގެ ސިއްޚަތާއި ޚިދުމަތުގެ ފެންވަރަށް ސަމާލުވުމާއިއެކު ފަޅުވެރިންގެ ކާބޯ ތަކެތި ތައްޔާރުކުރުން. - ކާބޯތަކެތި ރައްކާތެރިކަމާއިއެކު ސްޓޯކޮށް ބެލެހެއްޓުން - ފަޅުވެރިންނަށް ކެއުން ކައްކާ ތައްޔާރުކުރުން - ބަދިގެ ސާފުތާހިރުކަން ބެލެހެއްޓުން - ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކަށް ތަބާވުން - މިނިވަންކަމާއެކު އަދި އުޅަނދުފަހަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ވާޖިބުތައް އަދާކުރުން  | 
| 
 މުސާރަ:  | 
 11,000ރ އާއި 12,500ރ އާއި ދެމެދު  | 
| 
 މަސައްކަތަށް ނިކުންނަން ޖެހޭ ތަން:  | 
 ލޮޖިސްޓިކްސް ޑިޕާޓްމަންޓް  | 
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
17 ޖުލައި 2025