ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ގޯތިތެރޭގައިހުރި ރައްޔިތުންގެ ބޯފެން ތާނގީތަކެއް ތަޅާލައި ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި ވަޑައިގެން މަޢުލޫމާތު ސާފުކޮށް، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލްގެ ލައިބުރަރީގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
2015 ސެޕްޓެންބަރު 28 ވާ ހޯމަ ދުވަހުގެ 10:30 |
2015 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 14:30 |
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅާނީ، މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6520555 އާ ގުޅުއްވުން އެދެމެވެ.
2 ޛުލްޙިއްޖާ 1436