މަސައްކަތް
ނަންބަރު: (IUL)269/269/2025/40
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 24 ޖުލައި 2025 11:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން" ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ހދ. ވައިކަރަދޫގައި ދިރިއުޅެމުންދާ  އަންހެނުންނާއި ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެފަރާތްތަކަށް، ފެހުމުގެ އަސާސީ ހުނަރުތަކާއި  އަމިއްލައަށް މިންނަގައިގެން ހެދުން ފެހުމުގެ ޤާބިލްކަން  އިތުރުކޮށް،  އާމްދަނީ  ހޯދުމުގެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގައި އެފަރާތްތަކަށް އަމާޒުކޮށްގެން "ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން'' ކޯހެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިޢިއުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކުރެވިފައިވާނެއެވެ.

ވީމާ، މި ކޯސް ހިންގައިދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  މި އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މިކަމަށް އެދި ޕްރޮޕޯސަލް މި ކޮމިޓީގެ އީމެއިލް [email protected] އަށް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކުރިން މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

17 ޖުލައި 2025