ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH/PLD/2025/82
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި:
31 ޖުލައި 2025 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަށް "ގޫގުލް ވޯކް ސްޕޭސްގެ ލައިސެންސް" 3 އަހަރު ދުވަހުގެ މުއްދަތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަށް "ގޫގުލް ވޯކް ސްޕޭސްގެ ލައިސެންސް" 3 އަހަރު ދުވަހުގެ މުއްދަތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ފޯރުކޮށްދޭންޖެހޭ ޔޫސާރސް ތަކުގެ އަދަދާއި ރިކުއަރމެންޓުގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ އެނެކްސް 1 އަދި ބަޔާންކޮށްފައިވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް 17https://forms.gle/cFnVR79KHL9VqawB6 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- މި އިޢުލާނަށް ރަޖިސްޓަރ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ފޮނުއްވާ އީ-މެއިލްތަކުގެ ސަބްޖެކްޓް ގައި އިޢުލާނު ނަންބަރު ޖެއްސެވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 02 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 31 ޖުލައި ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، [email protected] އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ މެއިލް ފޮނުއްވާ ފަރާތުގެ ޒިންމާއެކެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން / ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- ތާރީޚާއި ގަޑި: 04 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި
17 ޖުލައި 2025