ދިވެހިރާއްޖެ
ކޯރު ސަރަޙައްދަކީ ރަށުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަނެއްކަމަށްވެފައި އަދި މިތަނަކީ ރަށަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ މެދުގައި މަޤުބޫލު ތަނެއްކަމަށް ވާތީ މިކައުންސިލުން މިދަނީ ކޯރު ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިސަރަޙައްދުގައި ޑިންގީއާއި ލޯންޗު ފަދަ އުޅަނދުފަހަރުގެ ފައިބަރު މަސައްކަތް ކުރަމުންދާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ. މިގޮތުން، 17 ޖުލައި 2025 އިން 17 އޮގަސްޓް 2025 ގެ ނިޔަލަށް، މިހާރު ފައިބަރު މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އެމަސައްކަތްތައް ނިންންމައި އެސަރަޙައްދު ސާފުކުރުމަށް އަންގަމެވެ. އަދި މި މުއްދަތު ތެރޭގައި ފައިބަރު މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން އެމަސައްކަތްތަށް ކުރަންވާނީ މިކައުންސިލްގެ ޚާއްސަ ހުއްދައެއް ލިބިގެންކަމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.