ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2025/140 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-PSM- GA/2025/180 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ޓީވީ ބިލްޑިންގ ގައި ގޭޓެއް ހަދައި ހަރުކޮށް، އެގޭޓްގައި ޑޯކްލޯޒަރ އެއް ހަރުކުރުމާއި، އަދި ރޭޑިއޯ ބިލްޑިންގގެ ބޮޑު ގޭޓްގައި ޑޯކްލޯޒަރ އެއް ހަރުކުރުމަށް ބޭނުންވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ގޭޓް ދެއްކުމާއި އިތުރު މަޢުލޫމާތު ދިނުން 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) ގައި އޮންނާނެއެވެ. އަދި ޓީވީއެމް ބިލްޑިންގ ގޭޓްގެ މަޢުލޫމާތު ދިނުމަށްފަހު އެގަޑީގައި ރޭޑީއޯ ބިލްޑިންގއަށް ގޮސް އެތަނުގައި ހުރި މަސައްކަތުގެ މަޢުލޫމާތު ދިނުންވެސް އޮންނާނެއެވެ. ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ގޭޓް ބަލާ އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަދި މިސެޝަންއަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ޕަބްލިކް ސާރވިސް މީޑިއާ ޓީވީ ބިލްޑިންގްގައި ގޭޓެއް ހަދައި ހަރުކޮށް ޑޯރކްލޯޒަރ ހަރުކުރުމާއި ރޭޑިއޯ ބިލްޑިންގ ގެ ބޮޑު ގޭޓްގައި ޑޯރކްލޯޒަރ ހަރުކުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭ މައުލޫމާތުތިރީގައިއެވަނީއެވެ.
ޓީވީ ބިލްޑިންގް ގޭޓްގައި ކުރަންޖެހޭ މަސައްކަތް
- ″94 × ″53 އިންޗީގެ ކުޑަގޭޓް ހުޅުތަކާއިއެކު ނައްޓާލުމުގެ މަސައްކަތް ކުރުން.
- ″94 × ″53 އިންޗި ސައިޒްގެ ސްޓީލް ގޭޓެއް 18×18 އެމްއެމްގެ ސްޓީލް ހޮލޯ ސްކޮޔަރ ޕައިޕް ބޭނުންކޮށްގެން "6 އިންޗި ދުރުމިނުގައި 2 ތޭރި ހަދައި "ބެއާރިންގ ހިންޖް" ގެ 4 ހުޅު އަޅުވައި ގޭޓް ދޮރުފަތް ހަރުކުރުން (ގޭޓް ހަދަންޖެހޭ ގޮތުގެ ކުރެހުމެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.)
- ގޭޓްގެ ވެލްޑްކުރި ތަންތާގައި އަންޑަރ ކޯރޓްލައި އަދި މުޅި ގޭޓްގައި ރެޑް އޮކްސައިޑްލައި މިކުންފުނީގެ ފަރާތުން އެޕްރޫވްކުރާ ކޮލިޓީއެއްގެ ނޫ ކުލައިގެ ދަވާދުލުން.
- ގޭޓްގެ އެތެރެފަރާތުގައި ″53 އިންޗި ފުޅާމިނުގައާއި ″52 އިންޗި އުސްމިނުގައި "ކްލެޑިން ޝީޓް" ހަރުކުރަންވާނެއެވެ.
- ކުރެހުމުގައި ވާގޮތަށް ގޭޓްގެ އެތެރެފަރާތުގައި ތަންޑެއް ހަދައި ގޭޓްގައި ވެލްޑިންކޮށް ފާރުގައި އަޅާފައިވާ ލޯވަޅަށް ދިމާވާގޮތަށް ތަންޑު ހަރުކުރުން.
- ގޭޓްގައި ޕީ.އެސް.އެމްގެ ފަރާތުން ހަރުކުރާ އޮޓޯ ލޮކް ސިސްޓަމް ހަރުކުރުމަށް ކަނޑަންޖެހޭތަން ކެނޑުމާއި، ލޯވަޅު އެޅުންފަދަ ކަންކަން، މަސައްކަތާއި ޙަވާލުވާ ފަރާތުން ކޮށްދޭން ޖެހޭނެއެވެ. މި ލޮކް ސިސްޓަމް ހަރުކުރާނީ ޕީ.އެސް.އެމް ގެ ފަރާތުންނެވެ.
- ގޭޓްގައި ހަރުކުރާ ޑޯރކްލޯޒަރ ބޭނުންކޮށްގެން ދޮރު ހުޅުވުމަށްފަހު ލޮކްކޮށްލެވޭ ގޮތަށް ހުންނަންވާނެއެވެ.
- ކުރެހުމުގައިވާ ގޮތަށް "20 × "53 އިންޗީގެ ފްރޭމްއެއް ގޭޓްގެ ދޮރުފަތުގެ މަތީ ބައިގައި 18 × 18 އެމްއެމް ގެ ސްޓެއިން ލެސް ސްޓީލް ހޮލޯ ސްކޮޔަރ ޕައިޕު ބޭނުންކޮށްގެން "6 އިންޗި ދުރުމިނުގައި 2 ތޭރި ހަދައި، ދޮރުމަތީގައި ހަރުކޮށްފައިވާ ޓްރަސްގައި މިފްރޭމް ވެލްޑްކޮށް ފާރަށް އިސްކުރުޖަހައި ހަރުކޮށް މެނުއަލް ޑޯރކްލޯޒަރ ހަރުކުރުމަށް ސްޓީލް ޕްލޭޓް ކޮޅެއް ވެލްޑްކޮށް ޑޯކުލޯޒަރެއް ހަރުކުރުން.
- ސްޓީލް ފްރޭމްގައި އަންޑަރ ކޯރޓްގެ ގޮތުގައި ވެލްޑްކުރި ތަންތާގައާއި މުޅި ފްރޭމްގައި ރެޑް އޮކްސައިޑްލައި ޕީ.އެސް.އެމްގެ ފަރާތުން އެޕްރޫވްކުރާ ކޮލިޓީއެއްގެ ނޫކުލައިގެ ދަވާދުލުން.
- ދޮރުގައި ހަރުކުރާ ޑޯރކްލޯޒަރއަކީ ދޮރު ހުޅުވާފައި ހޯލްޑް ކުރެވޭގޮތަށް ހުންނަ ޑޯރކްލޯޒަރ އަކަށްވާންޖެހޭނެއެވެ. (ޑޯރކްލޯޒަރ ޕީ.އެސް.އެމްގެ ފަރާތުން މިމަސައްކަތް ބަލަހައްޓަން ޙަވާލުވެފައިވާ ފަރާތުން އެޕްރޫވް ކުރަންވާނެއެވެ.)
ރޭޑިއޯ އިމާރާތުގެ ގޭޓްދޮރުފަތުގައި ކުރަންޖެހޭ މަސައްކަތް
- ރޭޑިއޯ ޢިމާރާތުގައި ހަރުކޮށްފައިވާ ސްޓީލް ގޭޓްގެ މަތީބައިގައިވާ ހުސް އޭރިއާއަށް "48 × ″36 އިންޗީގެ ފްރޭމް އެއް ގޭޓްގެ ދޮރުފަތުގެ މަތީ ބައިގައި "18 × "18 އެމްއެމްގެ ސްޓީލް ހޮލޯ ސްކޮޔަރ ޕައިޕު ބޭނުންކޮށްގެން "6 އިންޗި ދުރުމިން ދެ ތޭރި ދެމެދު ހުންނަގޮތަށް ހެދުމާއި، މިފްރޭމް ދޮރުމަތީގައި ހަރުކޮށްފައިވާ ޓްރަސްގައި ވެލްޑްކޮށް ފާރަށް އިސްކުރުޖަހައި ހަރުކޮށް ޑޯރކްލޯޒަރ ހަރުކުރުމަށް ސްޓީލް ޕްލޭޓް ކޮޅެއް ވެލްޑްކޮށް ޑޯރކްލޯޒަރ ހަރުކުރުން.
- ސްޓީލް ފްރޭމްގައި ވެލްޑްކުރި ތަންތަނާއި، މުޅި ފްރޭމްގައި ރެޑް އޮކްސައިޑްލައި ޕީއެސް.އެމްގެ ފަރާތުން އެޕްރޫވްކުރާ ކޮލިޓީއެއްގެ ނޫ ކުލައިގެ ދަވާދުލުން.
- ގޭޓްގައި ޕީ.އެސް.އެމްގެ ފަރާތުން ހަރުކުރާ އޮޓޯ ލޮކް ސިސްޓަމް ހަރުކުރުމަށް ކަނޑަންޖެހޭ ކެނޑުންތަކާއި، އަޅަންޖެހޭ ލޯވަޅުފަދަ ކަންކަން، މި މަސައްކަތް ހަވާލުވި ފަރާތުން ކޮށްދޭންޖެހޭނެއެވެ. އޮޓޯ ލޮކްސިސްޓަމް ހަރުކުރާނީ ޕީ.އެސް.އެމް އިންނެވެ.
- ގޭޓްގައި ހަރުކުރާ ޑޯރކްލޯޒަރއަކީ ދޮރު ހުޅުވާފައި ހޯލްޑް ކުރެވޭގޮތަށް ހުންނަ ޑޯރކްލޯޒަރ އަކަށްވާންޖެހޭނެއެވެ. (ޑޯރކްލޯޒަރ ޕީ.އެސް.އެމްގެ ފަރާތުން މިމަސައްކަތް ބަލަހައްޓަން ޙަވާލުވެފައިވާ ފަރާތުން އެޕްރޫވް ކުރަންވާނެއެވެ.)
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ކުރިން ތިރީގައި ބަޔާންކޮށްފައިވާ އީ-މެއިލްއަށް އަގާއި މަސައްކަތް ނިންމާނެ މުއްދަތު އެނގޭގޮތަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ.
ކޯޓޭޝަން މެއިލް ކުރާނީ: [email protected]