ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/200
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 24 ޖުލައި 2025 17:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖުލައި 17 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުން

                   އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ޖުލައި 17 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

16 ޖުލައި 2025