މަސައްކަތް
ނަންބަރު: (IUL)270/INDIV/2015/55
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 30 ސެޕްޓެންބަރު 2015 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކުނުދޫ ރަށްވެހިގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަންގެ (މަކުނުދޫ ރަށްވެހިގެ) ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11.00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލުކުރަނީ ކޮންފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި، ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާ ފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު (65 އިންސައްތަ)
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ (10 އިންސައްތަ)
  3. މަސައްކަތް ފުރިހަމަ ކުރެވޭނެ މުއްދަތު (15 އިންސައްތަ)
  4. މިފަދަ މަސައްކަތް ކުރެވޭނެ ކަމުގެ މާލީ ޤާބިލުކަން (10 އިންސައްތަ)

3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015