ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި އަތޮޅުތެރޭގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ ސޯޝަލް ވަރކަރުންނަށް އަމާޒުކޮށްގެން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންނާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)459-A/1/2015/86) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
4 ޛުލްޙިއްޖާ 1436