ދިވެހިރާއްޖެ
ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރަތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ލާމަސީލުލާމު އަތޮޅު ފުޓްބޯޅަ މުބާރަތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މަސައްކަތުގެ އަގު: ދުވާލަކަށް 300.00 ރުފިޔާ
- މުއްދަތު: 29 ޖުލައި ން 11 އޮގަސްޓް 2025
- ބޭނުންވާ އަދަދު: 3 އަންހެން، 4 ފިރިހެން
- މަސައްކަތުގެ ތަފުޞީލު:
4.1 ދަނޑާއި ކުޅޭސަރަހައްދު ތައްޔާރު ކުރުން
4.2 ގޯލްގައި ދާގަނޑު ހަރުކުރުން
4.3 މެޗް އޮންނަ ދުވަސްތަކުގައި މެޗް ފެށުމުގެ 30 މިނިޓް ކުރިން ދެޓީމުގެ ބެންޗަށް ބޭނުންވާ ގޮނޑި ޖެހުން
4.4 ބޯޅަ ހޮވުން
4.5 ކުޅުމުގެ ތެރެއިން ހާނިކަވާ ކުޅުންތެރިން އަށިގަނޑުގައި ދަނޑުން ބޭލުން
4.6 ކޮންމެ ދުވަހަކުވެސް ދަނޑާއި، ސިޑިބަރި އަދި ދަނޑުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން
4.7 ދަނޑަށް ފެންޖެހުން
4.8 ޗޭންޖިން ރޫމްތައް ސާފުކޮށް ބެލެހެއްޓޫން
4.9 މުބާރާތުގެ ބެނާތައް ހަރުކުރުން
4.10 ކުޅޭ ސަރަޙައްދު ވަށައިގެން އަތޮޅުކައުންސިލްގެ ދިދަ އާއި ޤައުމީ ދިދަ ޖެހުން
4.11 ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތަށް ދަނޑު ތައްޔާރުކުރުން
4.12 މުބާރާތް ލައިވް ކުރުމަށް އެކަށީގެންވާ ތަނެއް ތައްޔާރުކުރުން
4.13 މެޗް ފެށުމުގެ 30 މިނިޓު ކުރިން ސައުންޑް ސިސްޓަމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
4.14 ކުޅޭ ސަރަޙައްދުގައި ސުޕޮންސަރ ބޯޑުތައް ހަރުކުރުން
4.15 ސުކޯބޯޑް ބެލެހެއްޓުން
4.16 މުބާރާތުގެ ގޭޓުގައި ކެންވާސް ޖަހާ ގޭޓް ބެހެއްޓުން
4.17 އަތޮޅުކައުންސިލުން ދަނޑަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުން
4.18 ދަނޑާއި ދަނޑުގެ ވަށައިގެންވާ ފްރީ ޒޯން ސާފުކުރުން
4.19 މީގެ އިތުރުންވެސް އަތޮޅު ކައުންސިލުން އަންގާ ކަންކަން ކުރުން
5. އަމަލުކުރާނޭ އުސޫލް: މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބެލެވޭނީ އިންޓަވިއު ކުރުމަށްފަހު، އެންމެމަތިން މާކްސް ލިބޭފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖުލައި 2025 ގެ 13:00 ކުރިން ފޯމްފުރިހަމަ ކުރެވުމަށްފަހު ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ ފޯމް ބަލައިނުގަނެވޭނެއެވެ.)
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 6800713 އަށް ގުޅުއްވުން އެދެމެވެ.