ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2025/100
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 23 ޖުލައި 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑަށް ނަން ހުށަހެޅުމާގުޅޭ

 ކައުންސިލުން އަހަރަކު އެއްފަހަރު ދެމުންއަންނަ "ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" މިހާރު ދެއަހަރުން އެއްއަހަރު ދޭގޮތައް ވަނީ ނިންމާފައެވެ. އެހެންކަމުން، މިއަހަރު ދިނުމަށް ހަމަޖެހިފައިވާ "ޝައިޚް ޙުސައިން ޔޫސުފްގެ ހަނދާނީ އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިތުރުކުރެވިފައި ވާކަމުގައި ދެންނެވީމެވެ.  މިއެވޯޑަކީ ހިތްވަރާއި ހުނަރުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެކަމަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް މިއިދާރާގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އިނާމެކެވެ.

          ވީމާ، މިއެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 23 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ކުރިން ކަމާއިބެހޭ ފޯމް ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިއިޢުލާނާއި އެކު ކަމާއި ބެހޭ ފޯމާއި، ޢިނާމް ދިނުމުގެ އުޞޫލު ގެޒެޓްގައި ހިމެނިފައިވާނެއެވެ. އަދި މިއިދާރާއިންވެސް ފޯމް އަދި އުސޫލް ލިބެން ހުންނާނެއެވެ.

          ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުލައި 2025