ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2025/58
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 30 ޖުލައި 2025 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

 

ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ދ.ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭނުންވާތީ ކުޑަހުވަދޫގައި ދިރިއުޅުއްވާ އެންމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

21 މުޙައްރަމް 1447

16 ޖުލައި  2025

16 ޖުލައި 2025