މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/SH-FAH/2015/35
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 29 ސެޕްޓެންބަރު 2015 11:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.މަރޮށި ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ.މަރޮށީ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ.މަރޮށީ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލް ނަންބަރު IUL)SH-FAH-RM/SH-FAH/2015/30)ފ(14 ސެޕްޓެންބަރު 2015) އިޢުލާނު، މަޢުލޫމާތު ސާފުކުރަން ހަމަޖެހިފައިވާ ދުވަސް ކަމުގައިވާ 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.މަރޮށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.މަރޮށީ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015