ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: BML/PD/ERP-BID/2015/044
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 28 ސެޕްޓެންބަރު 2015 00:00
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
130 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް 130 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ދެންނެވުނު އިޢުލާނުގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޚު 27 ސެޕްޓެންބަރު 2015 ، މިހާރު ސަރުކާރުން ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައިވާތީ، ތިރީގައި މިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

28 ސެޕްޓެންބަރު 2015 

ހޯމަ

ހެނދުނު 11:00

ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ، ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

03 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015