ނީލަން
ނަންބަރު: BML/ADMIN: 2015/133
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 05 އޮކްޓޫބަރު 2015 13:30
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ކާރު ރަޖިސްޓްރީ ނަންބަރު: B1A5202 ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ

ކާރު ރަޖިސްޓްރީ ނަންބަރު: B1A5202 ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ

ކާރުގެ ތަފުސީލު:

ބާވަތް: ކާރު            

ރަޖިސްޓްރީ ނަންބަރު: B1A5202

ވެރިފަރާތް: ބޭންކް އޮފް މޯލްޑިވްސް

ނޯޓް: މި ކާރު ރަޖިސްޓްރީ ކޮށްދީފައިވަނީ 22 އޭޕްރިލް 2008 ގައެވެ. މި އިޢުލާނުކުރެވޭ އިރު މިކާރު އޮތީ ބޭނުންކުރެވޭ ހާލަތުގައި ކ. މާލޭ ގައެވެ.

ނީލަމުގެ ތަފުސީލު:

ފެށޭއަގު: -/50,000

މަދުވެގެން ހުށަހެޅޭނެ އަގު: -/2,000ރ. ( ދެހާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚު: 05 އޮކްޓޫބަރު 2015 ގެ މެންދުރުފަހު 01:30އަށް

ބިޑް ހުޅުވާނެ ތަން: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ސީޓްރެކްސް ބިލްޑިންގް 01 ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް އަށެވެ.

މުއްދަތު ހަމަވާ ތާރީޚާއި ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިއުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސް

ބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 03 (ތިނެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހު 01:30 އާއި ދެމެދު މިބޭންކުގެ ސީޓްރެކްސް ބިލްޑިންގް 01 ވަނަ ފަންގިފިލާގައި ހުންނަ ފެސިލިޓިސް ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ވޭން ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:

  1. ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ކޮޕީ)

ކުންފުންޏެއްކަމަ:

މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް:ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފެސިލިޓީސް ޔުނިޓްއާއި (ފޯން ނަންބަރު: 3300511 / 3330134، އީމެއިލް:[email protected] (ގުޅުއްވުން އެދެމެވެ.

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.                

ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ދޯނި އަދި އިންޖީނު ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.

13 ސެޕްޓެންބަރު 2015