ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2015/11
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 01 އޮކްޓޫބަރު 2015 14:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

01

ބޭނުންވާ އަދަދު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް.3)

މަޤާމު

މަހަކު -/1,500 ރުފިޔާ

ސާރވިސް އެލަވަންސް

-/4465 ރުފިޔާ

މުސާރަ

ރަޖިސްޓްރާރ ސެކްޝަން (D)

ސެކްޝަން

ޖުވެނައިލް ކޯޓު / މާލެ 

މަސައްކަތް ކުރަންޖެހޭ ތަން

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު؛

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުންދިޔުމާ އެކު، 2 GS ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ އަސާސީ ޝަރުޠު

  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި ކޮމްޕިއުޓަރުން ޓައިޕްކުރުމަށް ފަރިތަ ފަރާތަކަށްވުން.
  • ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ހާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

އެހެނިހެން ޝަރުޠު

  • ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހަޅާއަށް އެންޓަރ ކުރުން.
  • "ޖުވެނައިލް ކޯޓުގައި ވަކާލާތުކުރާނެ ޤާނޫނީވަކީލުންގެ ރަޖިސްޓްރީ" ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  • ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމާއި، އެކިއެކި އިދާރާތަކަށް ސެކްޝަނުން ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓް ކުރުމާއި ލިޔެ ފޮނުވުން.
  • ކޯޓުގެ ވެބްސައިޓަށް ލުމަށާއި، މީޑިއާތަކަށް ހިއްސާކުރުމަށް ތައްޔާރުކުރަންޖެހޭ ޚަބަރުތައް ތައްޔާރުކުރުމާއި އެއާ ގުޅިގެން އަޅަންޖެހޭފިޔަވަޅުތައްއެޅުން.
  • ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށާއި އަދި ކޯޓުގެ ތަޞައްވަރު ރަނގަޅުކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި ކަންކަމުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ކުޑަކުދިންނާއި ބެލެނިވެރިން އަދި މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި ކޯޓުގެ ފަރާތުން ތައްޔާރު ކުރަންޖެހޭ ލީފްލެޓްތަކާއި ލުއިފޮތްފަދަ ތަކެތި، ސެކްޝަންވެރިޔާގެ މަޝްވަރާއާއެކު ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  • ސެކްޝަނުގައި ކުރަންޖެހޭ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  މި މަޤާމަށް ހޮވޭފަރާތްތަކަށް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 ލިބޭނެ.
  • ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އެހެނިހެން ޢިނާޔަތްތައް

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މިކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް

01 އޮކްޓޫބަރު 2015 ދުވަހުގެ 14:00  

ސުންގަޑި

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރިޑެޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • އިޢުލާންގައިވާ ސުންގަޑި ހަމަވުމުގެ ކުރިން ފެކްސް އިން ނުވަތަ އީމެއިލްއިން ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެކައުންޓަރުންނާއި ވެބްސައިޓުން http://www.juvenilecourt.gov.mv އިންލިބެންހުންނާނެ.

އިތުރު މަޢުލޫމާތު

01 ޛުލްޙިއްޖާ 1436

06 ސެޕްޓެންބަރު 2015