ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)226-B/PRIV/2015/37
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 30 ސެޕްޓެންބަރު 2015 15:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މިއޮފީހަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ (މަޤާމު ނަންބަރު: 233442)

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް. އެސް.1 (މެނޭޖީރިއަލް ސަރވިސް 1)

އޮފީސް/ އިދާރާ:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން/ ޔުނިޓް:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް/ އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރައާއި އިނާޔަތްތައް:

މުސާރަ: -/5,610 ރުފިޔާ

ސާރވިސް އެލަވަންސް: -/2,000 ރުފިޔާ

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެންދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އަތޮޅުގައި ހިނގާ އިޤްތިޞާދީ އަދި އިޖުތިމާއީ ޙަރަކާތްތަކުގެ މަޢުލޫމާތު ހޯދާ ބެލެހެއްޓުން
  • ލޯކަލް އިންވެސްޓްމަންޓާބެހޭ އެންމެހާ މަސައްކަތް ކުރުން 
  • ކައުންސިލުން ހިންގާ ވިޔަފާރީގެ ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކޮށް ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން
  • ކައުންސިލް އިދާރާގެ އުޅަނދުފަހަރު ވިޔަފާރި އުސޫލުން ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުން
  • ކައުންސިލްގެ އިމާރާތްތަކުން އާމްދަނީ ހޯދުމަށް މަސައްކަތްކުރުން
  • ރަށްރަށުގެ މަޢުލޫމާތުތައް (ތަފާސްހިސާބު) ހޯދާ އެއްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ރަށްރަށާބެހޭ މަޢުލޫމާތުފޯމް ކޮންމެ ތިންމަހުން އެއްމަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒަށާއި އެލް.ޖީ.އޭ އަށް ފޮނުވުން 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތި ލައްވާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއު އާއި އިމްތިހާނު ކުރުން އޮންނާނީ 2015 އޮކްޓޫބަރު 11 އާ 15 އާ ދެމެދު ހދ.އަތޮޅުކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

30 ސެޕްޓެންބަރު 2015 (ބުދަ) ދުވަހުގެ 15:00 ގެ ކުރީން،  ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމުން، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓު (www.haadhaal.gov.mv) އިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަ ކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

(ނ) ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

ނޯޓު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާ ކަމުގައި ބެލެވޭނީ، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓް ދާއިރާ އެވެ.
  • މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6521100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6528875 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

25 ޛުލްޤައިދާ 1436

09 ސެޕްޓެންބަރު 2015