ބީލަން
ނަންބަރު: GS69/BUDGET/2025/001
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި:
20 ޖުލައި 2025 10:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. މިލަންދޫ ޕްރީސްކޫލް ކުލާސްރޫމް ތަކުގެ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް
- މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2025 ވަނަ އަހަރު ޕްރީސްކޫލް ކުލާސްރޫމް ތަކުގެ ސީލިންގ މަރާމަތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ10:00 ގެ ކުރިން މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ރަޖިސްޓަރ ވުމަށް އެދޭ ފޯރމް ފުހިމަ ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 ޖުލައި 2025 ވާ އާދިއްތަ ދުވަހު ހެނދުނު 10:30ގައި މިލަންދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:30 ގައި މިސްކޫލް އޮފީހުގައެވެ.
- ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ.
- އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންނެވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަންދޫ ސްކޫލު
ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ
ފޯން : 6540541
މެއިލް އެޑްރެސް: [email protected]
15 ޖުލައި 2025