ބީލަން
ނަންބަރު: (IUL)225-CA/225/2025/30
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 30 ޖުލައި 2025 11:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އަތޮޅު ކައުންސިލްގެ "އުތުރުހިޔާ" ބިން ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުން

މި ކައުންސިލުގެ "އުތުރުހިޔާ" ބިން ތަރައްޤީކޮށް ވިޔަފާރި ކުރުމަށް 25 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔައް ހިފާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

  ބިމާ ގުޅޭ މަޢުލޫމާތު:

 

#

ރަށް

ބޮޑު މިން

އޭރިއާ (އަކަފޫޓު)

01

ހއ. ދިއްދޫ

100 ފޫޓު 50 ފޫޓު

5000

 

ބީލަމާގުޅޭ އިތުރު މަޢުލޫމާތު:

ބީލަމުގައި ރަޖިސްޓްރީވުން:

https://forms.office.com/r/QNT2QSDFWC?origin=lprLink

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 2025 ޖުލައި 20 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

  • ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ  2025 ޖުލައި 22ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މިބައްދަލު ވުމުގައި ބައިވެރިވެނުލެއްވި ކަމުގައި ވީނަމަވެސް، ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެއެވެ.

މަޢުލޫމާތު ދިނުން

  • ބީލަމާ ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓް: www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  •   ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އީމެއިލް އެޑްރެސް: [email protected]  

ފޯން ނަންބަރު: 6500120

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. 
  • ·  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
15 ޖުލައި 2025