ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2025/94
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 08:20
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 194

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

3 ޖުލައި 2025

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

 

ނިންމުންތައް

  1. ރަށުގެ ބިން ވިއްކުމުގެ ރޭޓެއްގެ ގޮތުގައި އަކަފޫޓަކަށް 12.50 (ބާރަ ރުފިޔާ ފަންސާސްލާރި) ކަނޑައެޅުނު.
  2. ކައުންސިލްގެ ފުޓްސަލް މުބާރާތް 20 ނޮވެމްބަރު 2025 ގައި ބޭއްވުމަށާއި މުބާރާތުގައި ބައިވެރިވުމަށާއި ސްޕޮންސަރުން ހޯދުމަށް އިއުލާނުކުރުމަށް އަދި މުބާރާތުގެ ކޮމެޓީއެއް އެކުލަވާލުމަށް ނިންމުނު.
  3. ފައިބަރު އުޅަނދެއް ބަނުމަށް ބިމެއް ހޯދުމަށް ތ. ވަންދޫ އޯކިޑްމާގެ ސަނީލާ ޙަސަން ހުށަހަޅާފައިވާ މައްސަލައިގައި ރަށުގެ އޫރިދޫ ސައިޓްގެ ދެކުނުން 115 ފޫޓު ދިގު 35 ފޫޓު ފުޅާ 4025 އަކަފޫޓުގެ ބިމެއް 2 އަހަރު ދުވަހުގެ މުއްދަތައް ދޫކުރުމަށާއި ބިމުކުލީގެ ގޮތުގައި ވަގުތީ އޮޑިހަރުގެ އެޅުމަށް ރަށުގެ އަމިއްލަ ފަރާތްތަކަށް ބިންދޫކުރުމަށް ނިންމާފައިވާ ކުއްޔައް އަކަފޫޓަކަށް ކޮންމެ މީލާދީ މަހަކު -/15 (ފަނަރަ) ލާރިއަށް ދޫކުރުމަށް ނިންމުނު.
  4. ކައުންސިލްގެ ކުނިމެނޭޖުކުރުމުގެ މަސައްކަތައް ލިބިފައިވާ ޓްރަކް ކޮޅުމަޑުލު ގުރައިދޫ ކައުންސިލައް ވިއްކުމާއިގުޅޭ އެއްބަސްވުން ފާސްކުރެވުނު.
03 ޖުލައި 2025