ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457/HR/1/2015/1022
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 30 ސެޕްޓެންބަރު 2015 14:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

IUL)457/HR/1/2015/1018) (ތާރީޚު:31 އޮގަސްޓް 2015)ގައި އިޢުލާންކުރި އިޢުލާންއިން އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފަ ނުވާތީ އަލުން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ކްލެސިފިކޭޝަން:

EX 3

ރޭންކް

-/11065 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް, މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މޭނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަން ރިސޯސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މޭނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަން ރިސޯސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މޭނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަން ރިސޯސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މޭނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ހިއުމަން ރިސޯސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް

  • ޒިންމާދާރު ވެރިޔާގެ ގޮތުގައި ބިއުރޯގެ އެންމެހައިކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  • ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ބިއުރޯގެ އެންމެހައި ކަންކަމާއި، ގުޅޭގޮތުން ދިރާސާކޮށް، އިސްލާޙްކުރަންޖޭކަންކަން އިސްލާޙުކޮށް އޮފީސް ހިންގުން.
  • ބައްދަލުވުންތައް ބޭއްވުމާއި، ނިންމާ ކަންތައްތައް ތަންފީޒްކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  • ކޯޕަރޭޓް އެފެއާރޒް ޑިވިޜަންގެ މަސައްކަތްތައް ބިޔުރޯ ހިންގެވުމާ ހަވަލުވެހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު އެޑިވިޜަންގެ ދަށުން އުފައްދަވާފައިވާ ސެކްޝަންތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާއި އެމަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި ޑިވިޜަން ހިންގުން.
  • ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  • ޑިވިޜަންގެ މަސައްކަތްތަކާގުޅިގެން ސްޓްރެޓިޖިކް ޕްލޭނާއި އަދި ކޮންމެ އަހަރަކަށް ވާރކްޕްލޭނެއް ތައްޔާރުކުރުން.
  • ތައްޔާރުކުރެވިފައިވާ ވާރކްޕްލޭނާ އެއްގޮތަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުވުން.
  • މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުވުމާއި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް ޝައުޤުވެރިކުރުވުން.
  • ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުސޫލު ގައި ބަޔާންކޮށްފައިވާ ގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް އަދި ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޑިވިޜަންގައި ކުރާ މަސައްކަތްތަކުގެ ޔައުމިއްޔާ އަދި އޮފީހުގެ އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކުރުވާ ޗެކްކޮށް ހުށަހަޅަންޖެހޭ ސެކްޝަނަށް ހުށަހެޅުން.

މަޤާމުގެ މަސްއޫލިއްޔަތު

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާންއަށް މުއްފަތު ހަމަވާތާ ތިންހަފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިހާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  4. ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް

30 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

 

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

13 ސެޕްޓެންބަރު 2015