31 އޮގަސްޓް 2015ގައި އިޢުލާން ކުރި މި ބިއުރޯގެ އިޢުލާން ނަންބަރު: IUL)457-HR/1/2015/1011) އިން އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ މި އިޢުލާން ބާޠިލުކޮށް، އަލަށް މިމަޤާމަށް ކަނޑައެޅުނު ދާއިރާތަކާއެކު މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
-
|
ސީނިއަރ އެކައުންޓްސް އޮފިސަރ
|
މަޤާމު
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ކްލެސިފިކޭޝަން
|
MS2
|
ރޭންކް
|
-/6295 ރުފިޔާ
|
މުސާރަ
|
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ފިނޭންސް އެލަވަންސް: މުސާރައިގެ %35
|
އެހެނިހެން
އިނާޔަތްތައް
|
01
|
ބޭނުންވާ އަދަދު
|
ފައިނޭންސް އެންޑް އެކައުންޓްސް
|
ބޭނުންވާ ސެކްޝަން
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
- ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް
|
- ބިޒްނަސް އޭރިޔާ 1011ގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުކުރުން.
- ބިޒްނަސް އޭރިޔާ 1011ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާޓްމަންޓްގެ ލަފާކުރާ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތްކުރުން.
- ބިއުރޯއިން ތައްޔާރުކުރާ ތަފާތު ފޮތްތަކާއި ސީޑީފަދަ އާމްދަނީ ލިބޭގޮތަށް ވިއްކާ ތަކެތި ވިއްކުމާއި ލިބޭ ފައިސާ އާމްދަނީ އެކައުންޓަށް ޖަމާކުރުމާ މިކަމާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
- މި ބިއުރޯގެ ފަރާތުން ދަތުރުތަކުގައި (ރާއްޖޭއާއި ރާއްޖޭން ބޭރުގެ ދަތުރުތައް) ބައިވެރިވެވަޑައިގެންނަވާ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ (ޕޮކެޓް މަނީ، އިންސިޑެންޝަލް އަދި އެހެނިހެން ދަތުރު ޚަރަދު) އާބެހޭ ލިޔެކިއުންތައް ފުރިހަމަކޮށް އެފައިސާ ލިބެންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުމުގައި އެހީތެރިވެދިނުން
- އިންޓަރނަލް އޯޑިޓް ކުރުމުގައި ބަޖެޓްގެ ޚަރަދުތަކާބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ބޭނުންވާ ލިޔެކިއުންތައް ފޯރުކޮށްދިނުން
- ބިޒްނަސް އޭރިޔާ ނަންބަރު 1011ގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިޓް ހިންގެވުމާ ޙަވާލުވެހުރި މުވައްޒަފެއްގެ ލަފާގެ މަތިން ކުރުމުގެ ގޮތުން :
- ބިޒްނަސް އޭރިޔާ 1011 ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
- ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބަޖެޓް ފައިނަލްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމުގައި އެހީތެރިވެދިނުން.
- ބިޒްނަސް އޭރިޔާ 1011 ގެ މަސައްކަތާއި ގުޅިގެން ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކޮށް އަދި ޕޭމަންޓުތައް ފޮލޯއަޕްކުރުން.
- ބިޒްނަސް އޭރިޔާ 1011ގެ މަންތްލީ ރިޕޯޓް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް ޔުނިޓް ހިންގުމާ ޙަވާލުވެ ހުރި މުވައްޒަފެއްގެ ލަފާގެ މަތިން ފައިނަލްކޮށް މިނިސްޓްރީ އޮފް ފިނޭންސަށާއި އޯޑިޓް އޮފީހަށް ފޮނުވުން.
- ބިޒްނަސް އޭރިޔާ 1011 ގެ ޕްރޮޖެކްޓުތަކުގެ(NICEF,UNFPA,ADB) މަސައްކަތާ ގުޅިގެންދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކުރުން އަދި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ޔުނިޓްހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
|
އިތުރު ޢިނާޔަތްތައް |
މިމަޤާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާންއަށް މުއްދަތު ހަމަވާތާ ދެހަފުތާތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން |
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް |
- ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓް ތައް
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ
|
ޝޯޓް ލިސްޓް ކުރުން
|
01 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
|
ސުންގަޑި |
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
- މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
|