ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/252
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 05 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އާކިޓެކްޗަރަލް ޓެކްނީޝަން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އާކިޓެކްޗަރަލް ޓެކްނީޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/5610ރ

ސަރވިސް އެލަވަންސް: -/3500ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުތު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ޑިޒައިން ޗެކްކުރުމުގެ މަސައްކަތް މޮނީޓަރ ކޮށް ބެލެހެއްޓުން.
  2. ޕްރޮފެޝަނަލް އިންޖިނިއަރުން އަދި އާރކިޓެކްޓުންގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް "ކޮލިޓީ ކޮންޓްރޯލް ޔުނިޓުން" ކުރަންޖެހޭ މަސައްކަތްތައް ހަވާލުވެފައިވާ އިސްވެރިޔެއް އަންގާ ގޮތެއްގެމަތިން ކުރުމަށް އެހީތެރިވުން.
  3. މިނިސްޓްރީގައި ރަޖިސްޓަރ ވެފައިވާ ފަރާތްތައް މޮނިޓާރކޮށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ލިސްޓަށް ބަދަލެއް ގެންނަންޖެހޭނަމަ ހަވާލުވެފައިވާ އިސްވެރިޔެއް އަންގާ ގޮތެއްގެމަތިން އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  4. ހުށަހެޅޭ ކުރެހުންތަކަކީ މި ޑިވިޜަނުން އެކުލަވާލާ ތަސްދީޤު ވެފައިވާ ޤާނޫނު، ކޯޑްސް އަދި ސްޓޭންޑަރޑްސް އަށް ފެތޭ ކުރެހުންތަކެއްތޯ ހަވާލުވެފައިވާ އިސްވެރިޔެއް އަންގާ ގޮތެއްގެމަތިން ބެލުން.
  5. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ޤާޢިމްކުރެވިދާނެ ތަންތައް ހޯދުމަށް ރިސާރޗެއް ހަދާ، ޕަބްލިކް އަދި ޕްރައިވެޓް ފަރާތްތަކާ ގުޅިގެން ގުދަންތައް ޤާޢިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުވެފައިވާ އިސްވެރިޔެއް އަންގާ ގޮތެއްގެމަތިން ކުރުމަށް އެހީތެރިވުން.
  6. އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ ހަވާލުވެފައިވާ އިސްވެރިޔެއް އަންގާ ގޮތެއްގެމަތިން ކުރުމަށް އެހީތެރިވުން.
  7. ރާއްޖެއިން ލިބެން ހުންނަ ކޮންސްޓްރަކްޝަން މެޓީރިއަލްސް ގެ ތެރެއިން ޢިމާރާތްކުރުމަށް ބޭނުންކުރުމަށް އެކަށޭނެ މެޓީރިއަލްސް ހޯދުމަށް ރިސާރޗް ހެދުމަށް ހަވާލުވެފައިވާ އިސްވެރިޔެއް އަންގާ ގޮތެއްގެމަތިން ކުރުމަށް އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015  އޮކްޓޫބަރު – ނޮވެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

02 ޛުލްޙިއްޖާ 1436

16 ސެޕްޓެންބަރު 2015