| ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ | 
| މަޤާމު | ޕްރޮކިއުމަންޓްއޮފިސަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | އެމް. އެސް. 1 / ސީނިއަރ އޮފިސަރ ގްރޭޑް 1 | 
| ބޭނުންވާ އަދަދު | 01 | 
| ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން | ޕްރޮކިއުމަންޓް ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ | 
| މުސާރައާއި އިނާޔަތްތައް | މުސާރަ: -/5610ރ ސަރވިސް އެލަވަންސް: -/2000ރ ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.) | 
| ޝަރުޠު | 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަމަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަމަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
ޕްރޮކިއުމެންޓް ސެކްޝަނަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވެ، ސެކްޝަން/ޑިޕާޓްމަންޓް/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.އެޖެންސީ ޓެންޑަރ ކޮމެޓީއަށް އަންނަ މައްސަލަތައް 3 ދުވަސްތެރޭގައި ކޮމެޓީއަށް ހުށަހަޅައި އެ މައްސަލައެއް ނިންމާފައި އަނބުރާ އެ ސެކްޝަނަކަށް އެންގުން.މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ސެކްޝަންތަކުންނާއި ޕްރޮކިއުމަންޓުން ކުރެވޭ އިޢުލާންތަކާ ގުޅިގެން ލިބޭ ބިޑް ޕްރޮޕޯސަލްގެ ކަންކަން ސަރުކާރުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ސެކްޝަނުގެ ކަމާއިބެހޭ މުވައްޒަފުންނާއި ގުޅިގެން ކުރުން. މިނިސްޓްރީއަށް ބޭނުންވެގެން ގަންނަން ޖެހޭ ތަކެތީގެ ތެރެއިން، އެ ތަކެތި ލިބެން ހުންނަ ތަންތަނަށް ގޮސް އެތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތުގައި ކަމާބެހޭ މުވައްޒަފުންނަށް އެހީތެރިވެދިނުން.މިނިސްޓްރީގެ ފަރާތުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތައް ވެރިން އަންގަވާގޮތެއްގެމަތިން ހަމަޖައްސައި އެކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން.މިނިސްޓްރީ އާއި މިނިސްޓްރީއާގުޅޭ ދާއިރާތަކުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ނީލަން ފިހާރައާއި ވާހަކަ ދައްކައިގެން ޖާގައެއް ލިބޭ އެންމެ އަވަހަކަށް ނީލަމަށް ފޮނުވުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ވެރިންގެ ލަފައާއިއެކު ކުރުން.މިނިސްޓްރީއިން ރާވައިގެން ހިންގާ ސެމިނާރ، ވޯކްޝޮޕްތަކާއި ގުޅިގެން ޕްރޮކިއުމެންޓުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން ވެރިންގެ ލަފައާއި އެކު ހަމަޖެއްސުން.މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިގެން ރާވާ ދަތުރުތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތައް އަދި މި ނޫނަސް ޕްރޮކިއުމެންޓް ސެކްޝަނުން ހަމަޖައްސާފައި ހުންނަ ކަންތައްތަކުގައި އިމަޖެންސީ ޙާލަތުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.ޕީއޯ ހެދުމުގެ އެންމެހާ މަސައްކަތްތައް ކުރުން.މީގެ އިތުރުން ވެރިން އަންގާ ކަންތައްތައް ކުރުން. | 
| އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:  
ތަޢުލީމާއި ތަމްރީން.މަސައްކަތުގެ ތަޖުރިބާ.އިންޓަރވިއު.ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. | 
| ތަކެތި ހުށަހަޅަންޖެހޭ ތާރީޚު 
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން. | 
| އިންޓަވިއު ކުރުން 
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު – ނޮވެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | 
| ހުށަހަޅަންޖެހޭ ތަކެތި:  
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. | 
| 02 ޛުލްޙިއްޖާ 1436 |