|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
|
މަޤާމު
|
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 4 / އޮފިސަރ ގްރޭޑް 2
|
|
ބޭނުންވާ އަދަދު
|
01
|
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ޕްރޮކިއުމަންޓް ޔުނިޓް / ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް / ސ. ހިތަދޫ
|
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/5020ރ
ސަރވިސް އެލަވަންސް: -/1500ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމު މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޑިޕަރޓްމެންޓްގެ މުވައްޒަފުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް ހަމަޖެއްސުމުގައި ޕްރޮކިއުމެންޓް ސެކްޝަނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޑިޕަރޓްމެންޓްގެ ފަރާތުން ބާއްވާ ސެމިނާރ ވޯކްޝޮޕްފަދަ ކަންތައްތަކަށް ބޭނުންވާ ޚިދުމަތްތައް ހަމަޖައްސައިދިނުމުގައި ޕްރޮކިއުމެންޓުން ހަމަޖައްސަންޖެހޭ ކަންތައް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ވެރިއެއްގެ ލަފަޔާއެކު ހަމަޖެއްސުން.
- ޑިޕަރޓްމެންޓްގެ ސެކްޝަންތަކުން ގަންނަން އެދިފައިވާ ތަކެތި ނުވަތަ ހޯދުމަށް އެދިފައިވާ ޚިދުމަތްތަކާއި ހޯދަންޖެހޭ ކޯޓޭޝަން ހޯދައި އަގުބަލައި އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތައް ކުރުން.
- ޑިޕަރޓްމެންޓްއިން ކުރުވާ މަސައްކަތްތަކުގައި ފައިސާ ނުލިބޭކަމަށް އެކި ފަރާތްތަކުން ފޮނުއްވާ ސްޓޭޓްމަންޓްތައް ބަލައި އޭގައިވާ ބިލްތަކުގެ ހާލަތު ބަލައި ޕްރޮކިއުމަންޓް ސެކްޝަނާ ގުޅިގެން ކުރިއަށް ގެންދިއުން.
- ޑިޕަރޓްމެންޓްއިން ޚިދުމަތް ލިބިގަންނަ ކަންކަމުގެ ބިލްތަކަށްވާ ފައިސާދެއްކުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- މުވައްޒަފު ކުރާ މަސައްކަތާއި ގުޅޭ ގޮތުން ލިޔަން ޖެހޭ ނޯޓް، މެމޯ ފަދަ ލިއުންތައް ލިޔެ ފޮނުވުން. އަދި އެ މުވައްޒަފަކު ކުރާ މަސައްކަތްތަކާއިބެހޭ ގޮތުން ސެކްޝަން ނުވަތަ ޔުނިޓްގެ ވެރިޔާއަށް ދުވަހުން ދުވަހަށް މަޢުލޫމާތުދެވޭގޮތަށް ރެކޯރޑްސް ބެލެހެއްޓުން.
- މީގެ އިތުރުން އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.
|
|
މަޤާމު
|
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1
|
|
ބޭނުންވާ އަދަދު
|
01
|
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ޕްރޮކިއުމަންޓް ޔުނިޓް / ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް / ސ. ހިތަދޫ
|
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/4465ރ
ސަރވިސް އެލަވަންސް: -/1500ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޑިޕަރޓްމެންޓް އިން ހޯދަންޖެހޭ ތަކެތި ހޯދުމަށް ޕީއޯ ހިފައިގެން ދާންޖެހޭ ތަންތަނަށް ގޮސް އެތަކެތި ގެނައުން.
- ޔުނިޓްގެ މަސައްކަތާއި ގުޅިގެން ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ހިފައިގެންގޮސް އެފަރާތްތަކާ ހަވާލުކުރުން.
- ޕްރޮކިއުމަންޓްގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ޕްރޮކިއުމަންޓް ޔުނިޓްގެ ދުވަހުގެ ޔައުމިއްޔާ ލިޔުން.
- ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ބޭފުޅުން ފުރުވުމަށް އެއަރޕޯޓަށް ދިއުމާއި މިފަދަ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންގެ ލަގެޖް މެނޭޖްކުރުން.
- މީގެ އިތުރުން އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް (ސ. ހިތަދޫ) ކައުންޓަރަށް
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.
|
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 އޮކްޓޫބަރު - ނޮވެންބަރު މަހުގެ ތާރީޚެއްގައެވެ.
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ).
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމަންޓް (ސ. ހިތަދޫ).
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
|
02 ޛުލްޙިއްޖާ 1436
|