ދިވެހިރާއްޖެ
ގދ.ފިޔޯރީއިން ދިރިއުޅުމައްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާފޮތުގެ ވަގުތީ ލިސްޓް އާންމުކުރުން
ގދ.ފިޔޯރީއިން ދިރިއުޅުމަށް ގޯތިދޫކުރުމަށް ކުރެވުނު ނަންބަރު (IUL)422-B1/422/2024/63 އިއުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް އިޢުލާންކުރަމެވެ.
ވީމާ، ވަގުތީ ލިސްޓަށް ޝަކުވާ ހުށައަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން، ގދ.ފިޔޯރީއިން ދިރިއުޅުމައްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަކުވާ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޝަކުވާ ހުށައަޅުވަން ބޭނުންވާ ފަރާތަކުން ޝަކުވާ ހުށައެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު 31 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި އިދާރާއަށް ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް [email protected] ހުށައެޅުއްވުންއެދެމެވެ. މި މުއްދަތުގެ ފަހުން ހުށައެޅޭ އެއްވެސް ޝަކުވާއެއް ބަލައެއް ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ހުށައެޅިފައިވާ ޝަކުވާތަކާއި ގުޅިގެން ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް އެއްވެސް އުނި އިތުރެއް އައިސްފިނަމަ، ވަގުތީލިސްޓް އިސްލާޙުކުރުމަށް ފަހު އަލުން އިޢުލާން ކުރެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.