ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ "ހުއްޓޭކޮޑާ" ސަރަހައްދުން 5 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ
ގެސްޓްހައުސް ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ "ހުއްޓޭކޮޑާ" ސަރަޙައްދުން 5 ބިން 35 (ތްރީސްފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރިން ކުރި އިޢުލާން ((IUL)422-B1/422/2025/30) ނާއި ގުޅިގެން ތައއްޔާރުކުރެވިފައިވާ މައުލޫމާތް ޝީޓުގައި މައްސަލަތަކެއް ހުރުމުން އެ އިޢުލާން ބާތިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ދޫ ކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރިގައި އެވަނީއެވެ.
ބިމުގެ މައުލޫމާތު:
# |
ޕްލޮޓް ނަންބަރ |
އަކަފޫޓް |
އެންމެ ކުޑަ ކުލި މަހަކު އަކަފޫޓަކަށް |
1 |
H1 |
5109.52 |
50 ލާރި |
2 |
H2 |
6056.96 |
50 ލާރި |
3 |
H3 |
6806.34 |
50 ލާރި |
4 |
H4 |
7438.19 |
50 ލާރި |
5 |
H5 |
7925.57 |
50 ލާރި |
ބީލަމަށް ރަޖިސްޓްރީކުރުން |
އެކައުންޓް ނަން: 1473 ރެވެނިއު 1 އެކައުންޓް ނަންބަރު: 7710700308001 ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމާއި ސިލިޕް މެއިލް ކުރަށްވާނަމަ، [email protected] މެއިލް ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާގެ ޕްރޮޖެކްޓް އީމެއިލް އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ. |
ބީލަން ހުށައެޅުން
|
ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 4 އޯގަސްޓް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތް ނޫން އެހެން ފަރާތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ. |
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]