ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް ދާއިރާއިން 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 01 (އެކެއް)
މަސައްކަތްކުރަންޖެހޭ ގަޑި: ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އަށް ( ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ)
ޝަރުޠު:
- ފައިނޭންސް/ އިކޮނޮމިކްސް/ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެެ ދާއިރާއިން މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވުން. އަދި،
- ކެޕިޓަލް މާރކެޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
އުޖޫރަ: -/20,000ރ
މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ލިއުމުން ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ކަރިކިއުލަމް ވިޓާ (ސީވީ)
- އައި.ޑީ.ކާޑުގެ ކޮޕީ ( މުއްދަތު ހަމަނުވާ)
ނޯޓް:
މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިފުރުޞަތު ދެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
ކެޕިޓަލް މާރކެޓް ކޮންސަލްޓަންޓްގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ http://cmda.gov.mv/docs/TOR_Capital_Market_Consultant_Sept_2015.pdf މިލިންކުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެމްބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް: 3336624
އީމެއިލް: [email protected]
01 ޛުލްޙިއްޖާ 1436