ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2025/18
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި:
29 ޖުލައި 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުން ބޭއްވުން
2025 ވަނަ އަހަރުގެ ޖުލައި މަހުގެ ބައްދަލުވުމާއި، އަހަރުގެ ދެވަނަ ކުއާޓާގެ ބައްދަލުވުން ބޭއްވުމާއި ބެހޭ:
ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުމާއި، 107 ވަނަ މާއްދާގެ (ނ) ގެ ދަށުން އަހަރުގެ ދެވަނަ ކުއާޓަރގައި ބާއްވަން ޖެހޭ ބައްދަލުވުން 29 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 ގައި ކޮނޑޭ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- 2025 ވަނަ އަހަރު ފުރަތަމަ 6 މަސްދުވަހު ހިންގި ހަރަކާތްތަކުގެ މަޢުލޫމާތު ދިނުން.
- 2025 ވަނަ އަހަރު ފުރަތަމަ 6 މަސްދުވަހުގެ ބަޖެޓްގެ މަޢުލޫމާތު ހިއްސާކުރުން.
- 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކުރުން.
- 2026 ވަނަ އަހަރުގެ ބަޖެޓްގެ މަޢުލޫމާތު ހިއްސާކުރުން.
- ކޮނޑޭގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
- ރަށުގެ ލޭންޑްޔޫސް ޕްލޭން ރިވިއު ކުރުމަށް މަޝްވަރާ ކުރުން.
- 2025 ވަނަ އަހަރުގެ ފަހު 6 މަސްދުވަހު ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާއި، ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ޙިއްސާ ކުރުން.
- ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކޮނޑޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
13 ޖުލައި 2025