ބީލަން
ނަންބަރު: (IUL)373-MS/373/2025/26
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 22:06
ސުންގަޑި: 21 ޖުލައި 2025 14:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ގަރާޖާއި ގުދަން ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

   ޕިކަޕް ގަރާޖާއި ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަންބަރު 373-PP/373/2025/22 ( 17 ޖޫން 2025 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕިކަޕް ގަރާޖާއި ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށްފީމެވެ.

 މިކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް ޕިކަޕް ގަރާޖާއި ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި (ސިމެންތި، ހިލަ، ހިލަވެލި، ކޮންކުރީޓް ދަގަނޑު، ރިންގު ދަގަނޑު، ބަންނަނަރު އަދި އެޅިގާ ) ދިނުމުން، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

21 ޖުލައި 2025

ހޯމަ

14:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި

24 ޖުލައި 2025

ބުރާސްފަތި

13:15

މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6740015 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ 100.00 (ސަތޭކަ ) ރުފިޔާ އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖުލައި 2025