ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-QARS/88/2025/351
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި: 31 ޖުލައި 2025 00:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ތަންތަނުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ

25 ފެބުރުވަރީ 2021 ގައި ގެޒެޓުކުރެވިފައިވާ ގަވާއިދު ނަންބަރު: 2021/R-29 "ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ތަންތަނުން، މި ވުޒާރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް، ނިމިދިޔަ އަހަރުގެ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ. މި  ގަވާއިދުގައި ވާގޮތުން ރިޕޯޓު މި މުއްދަތުގައި ހުށަހަޅުއްވާފައިނުވާނަމަ، އެ ފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިޚުތިޔާރު މި ވުޒާރާއަށް ލިބިގެންވެއެވެ.

އަހަރު ރިޕޯޓު ހުށަހަޅުއްވަންޖެހޭ ފޯމެޓް މިވުޒާރާގެ ވެބްސައިޓުގެ ތިރީގައި ބަޔާންކުރެވިފައިވާ ލިންކުން  ލިބިވަޑައިގަންނަވާނެއެވެ. https://www.tourism.gov.mv/dms/document/9650c766e47bbc8d22ac4d5dfbe0b7ba.pdf

އެހެންކަމުން، އިސްވެ ދެންނެވިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރު ރިޕޯޓު، 30 ޖޫން 2025 ގެ ނިޔަލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް އިތުރު މުއްދަތެއް ދީ، 31 ޖުލައި 2025 ގެ 14:00 ގެ ނިޔަލަށް މި ވުޒާރާއަށް ރިޕޯޓް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި، މި މުއްދަތު ހަމަވާއިރު 2024 ވަނަ އަހަރުގެ ރިޕޯޓް ފުރިހަމަގޮތުގައި ހުށައަޅުއްވާފައިނުވާ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ ފަތުރުވެރިކަމާއި ގުޅުންހުރި ދަތުރު ރާވާ ހިންގުމުގެ ހުއްދަ އެތާރީޚުން ފެށިގެން ބާތިލުވާނެ ކަމަށާއި، ދެން އެފަރާތްތަކުން ދިވެހިރާއްޖޭގައި ފަތުރުވެރިކަމާއި ގުޅުން ހުރި ދަތުރު ރާވާހިންގުމުގެ ކަންކަން ކުރެވޭނީ، އަލުން އެޕްލިކޭޝަން ހުށަހަޅުއްވާ ލައިސެންސް ލިބިގެންކަމުގައި އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

10 ޖުލައި 2025