ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2015/ 1023
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 01 އޮކްޓޫބަރު 2015 14:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

31 އޮގަސްޓް 2015ގައި އިޢުލާން ކުރި މި ބިއުރޯގެ އިޢުލާން ނަންބަރު: IUL)457-HR/1/2015/1011) އިން އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ މި އިޢުލާން  ބާޠިލުކޮށް، އަލަށް މި މަޤާމަށް ކަނޑައެޅުނު ދާއިރާތަކާއެކު މި މަޤާމަށް ކުރިމަތިލުމުގެ ފަރުޞަތު ހުޅުވާލަމެވެ. 

ސީނިއަރ އެކައުންޓްސް އޮފިސަރ   

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

01

ބޭނުންވާ އަދަދު

ފައިނޭންސް އެންޑް އެކައުންޓްސް

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  • ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

  • ބިޒްނަސް އޭރިޔާ 1011ގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުކުރުން.
  • ބިޒްނަސް އޭރިޔާ 1011ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޑިޕާޓްމަންޓްގެ ލަފާކުރާ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  • ބިއުރޯއިން ތައްޔާރުކުރާ ތަފާތު ފޮތްތަކާއި ސީޑީފަދަ އާމްދަނީ ލިބޭގޮތަށް ވިއްކާ ތަކެތި ވިއްކުމާއި ލިބޭ ފައިސާ އާމްދަނީ އެކައުންޓަށް ޖަމާކުރުމާ މިކަމާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
  • މި ބިއުރޯގެ ފަރާތުން ދަތުރުތަކުގައި (ރާއްޖޭއާއި ރާއްޖޭން ބޭރުގެ ދަތުރުތައް) ބައިވެރިވެވަޑައިގެންނަވާ މުވައްޒަފުންނަށް ލިބެންޖެހޭ ފައިސާ (ޕޮކެޓް މަނީ، އިންސިޑެންޝަލް އަދި އެހެނިހެން ދަތުރު ޚަރަދު) އާބެހޭ ލިޔެކިއުންތައް ފުރިހަމަކޮށް އެފައިސާ ލިބެންޖެހޭ މުވައްޒަފުންނާ ޙަވާލުކުރުމުގައި އެހީތެރިވެދިނުން
  • އިންޓަރނަލް އޯޑިޓް ކުރުމުގައި ބަޖެޓްގެ ޚަރަދުތަކާބެހޭގޮތުން ކުރިމަތިވާ ސުވާލުތަކަށް ބޭނުންވާ ލިޔެކިއުންތައް ފޯރުކޮށްދިނުން
  • ބިޒްނަސް އޭރިޔާ ނަންބަރު 1011ގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިޓް ހިންގެވުމާ ޙަވާލުވެހުރި މުވައްޒަފެއްގެ ލަފާގެ މަތިން ކުރުމުގެ ގޮތުން :
  • ބިޒްނަސް އޭރިޔާ 1011 ގައި ހިމެނޭ ސެކްޝަންތަކުގެ ބަޖެޓް އެކުލަވައިލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބަޖެޓް ފައިނަލްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުމުގައި އެހީތެރިވެދިނުން. 
  • ބިޒްނަސް އޭރިޔާ  1011 ގެ މަސައްކަތާއި ގުޅިގެން ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް)  PAS އިން "ޕާރކް" ކޮށް އަދި ޕޭމަންޓުތައް ފޮލޯއަޕްކުރުން. 
  • ބިޒްނަސް އޭރިޔާ  1011ގެ މަންތްލީ ރިޕޯޓް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް ޔުނިޓް ހިންގުމާ ޙަވާލުވެ ހުރި މުވައްޒަފެއްގެ ލަފާގެ މަތިން ފައިނަލްކޮށް މިނިސްޓްރީ އޮފް ފިނޭންސަށާއި އޯޑިޓް އޮފީހަށް ފޮނުވުން.
  • ބިޒްނަސް އޭރިޔާ 1011 ގެ ޕްރޮޖެކްޓުތަކުގެ(NICEF,UNFPA,ADB) މަސައްކަތާ ގުޅިގެންދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު (ވައުޗަރު، ވައުޗަރު ރަޖިސްޓްރީ ފުރިހަމަކުރުމާއި އެގްރީމަންޓް/ނޯޓް، ޕީ.އޯ ހަމަތޯ ޗެކްކޮށް) PAS އިން "ޕާރކް" ކުރުން އަދި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ޔުނިޓްހެޑްގެ ލަފާގެ މަތިން ތައްޔާރުކުރުން. 

މަޤާމުގެ މަސްއޫލިއްޔަތު

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ. 

އިތުރު ޢިނާޔަތްތައް

މިމަޤާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާންއަށް މުއްދަތު ހަމަވާތާ ދެހަފުތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން
  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓް ތައް
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ

ޝޯޓް ލިސްޓް ކުރުން

01 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި
  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
15 ސެޕްޓެންބަރު 2015