ވަޒީފާގެ ފުރުޞަތު
ނަންބަރު: A9-SM(IUL)/2015/05
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 30 ސެޕްޓެންބަރު 2015 14:00
ވަށަފަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

ބޭނުންވާ އަދަދު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

01

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ އެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމު އޮތް އޮފީސް

ވަށަފަރު ޞިއްޙީ މަރުކަޒު / ހއ. ވަށަފަރު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ އޮފީހާއި / ސެކްޝަން

ހއ. ވަށަފަރު ޞިއްޙީ މަރުކަޒު/ އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތަކުގެ ޚުލާސާ
  1. ޞިއްޙީ މަރުކަޒަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް، ޖަވާބު ފޮނުވަންޖެހޭ ލިޔެކިޔުންތަކުގެ ޖަވާބު، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ލިޔެކިޔުންތައް ފައިލްކުރުމާއި، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
  3. ޞިއްޙީ މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމާއި ސްޓޮކް ބެލެހެއްޓުން.
  4. މުވައްޒަފުންގެ މުސާރަދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެމަސައްކަތް ބެލެހެއްޓުން.
  5. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް ރިނިއުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ބެލެހެއްޓުން.
  6. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން
  7. ބިދޭސީ މުވައްޒަފުންގެ ޓިކެޓް ރިޒަވޭޝަން ހެއްދުމާއި، އެކަމަޑޭޝަން ހަމަޖައްސައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުން
  8.  ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންގެ ޗުއްޓީގެ އެންމެހާ މަސައްކަތްތަކެއް ބެލެހެއްޓުން.
  9. ބަޖެޓް ފައިސާ ހޯދުމާއި ބެލެހެއްޓުމާއި، ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.
  10. އޮފީހުގެ މުދަލާއި ފައިސާ ރައްކާތެރިކަމާއެކު މާލިއްޔަތު ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން ބެލެހެއްޓުން.

 

ތަޢުލީމާއި ތަޖުރިބާ

  • ހިއުމަން ރިސޯސް މެނޭޖްމަންޓް، ޙެލްތް ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޙެލްތް ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ސިވިލް ސަރވިސް ޓްރެއިނިންގް އިސްޓިޓިއުޓުން ހިންގާ އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ
  • ސާނަވީ އިމްތިޚާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސުކޫލް ސެޓްފިކޭޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިނާޔަތްތައް

އިތުރުގަޑީގައި އާއި ބަންދު ދުވަހު މަސައްކަތްކުރައްވާނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެފައިސާ ލިބިލައްވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ އާއި ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު، ( މިފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފދު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑްގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

އިންޓަރވިއު އޮއްނާނެ ތަނާއި، ތާރީޚު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ހއ. ވަށަފަރު ޞިއްޙީމަރުކަޒުގައެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއިގަޑި ވަގުތުއޮއްވައި ލިޔުމުން އެފަރާތަކަށް އެންގޭނެއެވެ. މިވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތަކުގެ އަދަދު 10 ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި/ އަދި އިތުރުމައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ޢަމަލު ކުރަންވީ ގޮތް

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ.ވަށަފަރު ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށަހަޅުއްވަން ވާނެއެވެ. އަދި މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި ޞިއްޙީ މަރުކަޒުގެ ނަންބަރު 6500565  ގުޅުއްވުން އެދެމެވެ. 

17 ސެޕްޓެންބަރު 2015