ޑިރެކްޓަރ، އޮޑިޓްއެންޑް އިވެލުއޭޝަން
|
މަޤާމު
|
އީ. އެކްސް 1
|
ރޭންކް
|
ޑިރެކްޓަރ
|
ކްލެސިފިކޭޝަން
|
އޮޑިޓް އެންޑް އިވެލުއޭޝަން ސެކްޝަން
|
ސެކްޝަން
|
-/8835 ރުފިޔާ
|
މުސާރަ
|
-/2000 ރުފިޔާ
|
ސަރވިސް އެލެވަންސް
|
-/4000 ރުފިޔާ
25/3092 ރުފިޔާ
|
ލިވިންގ އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އޯވަރޓައިމް އެލަވަންސް:
|
01
|
ބޭނުންވާ އަދަދު:
|
މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
|
ތަޢުލީމާއި ތަޖުރިބާ:
|
- އޮޑިޓް އެންޑް އިވެލުއޭޝަން ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
- ސިވިލް ސަރވިސް އިދާރާތަކުގެ ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓް ކުރުމާބެހޭ އުސޫލުތައް އެކުލަވާލައި، ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓްކުރުމާބެހޭ ޕްލޭންތައް އެކުލަވާލުން.
- ސިވިލް ސަރވިސްގެ އިދާރާތަކުން ސިވިލް ސަރވިސް ވަޒީފާއާބެހޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ޤާނޫނާއި ގަވާއިދާއި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ވަޒަންކުރުމަށްޓަކައި ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓް ޕްލޭންތަކާ އެއްގޮތަށް އޮޑިޓްކުރުމާބެހޭ އެންމެހާ މަސައްކަތްތައް ރާވާހިންގުން.
- ޕޯސްޓް-އެމްޕްލޯއިމަންޓް އޮޑިޓްއިން ފާހަގަކުރެވޭ ކަންތައްތަކާބެހޭ ރިޕޯޓުތައް އެކުލަވާލުން.
- ޕޯސްޓް-އެމްޕްލޯއިމަންޓްގެ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ތަފުސީލީ ދިރާސާކޮށް، ދިރާސާ ރިޕޯޓުތައް ކޮމިޝަނަށް ހުށަހެޅުން.
- ކޮމްޕްލަޔަންސް އޮޑިޓް ކުރުމާގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމާއި، އަދި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- މަސްއޫލު އޮފީސްތަކުގެ ކޮމްޕްލައަންސް އޮޑިޓްކުރުމުގެ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
- މެނޭޖްމަންޓް އޮޑިޓް ފްރޭމްވަރކް އާއި އެ މަސައްކަތުގައި ބޭނުންކުރާ ޓޫލްސްތައް ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- މަސްއޫލް އޮފީސްތަކުގެ މެނޭޖްމަންޓް އޮޑިޓްކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- އޮޑިޓް އެންޑް އިވެލުއޭޝަން ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން
- ކޮމިޝަނުގެ މަސައްކަތްތަކުގެތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
ހުށަހަޅަންޖެހޭ ލިޔުންތައް |
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން 2015 އޮކްޓޫބަރު 07 އާއި 2015 އޮކްޓޫބަރު 15 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. |
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު |