| 
 މަޤާމު: 
 | 
 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
| 
 މަޤާމުގެ ނަންބަރު: 
 | 
 J-343920 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 1 ( އެކެއް ) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކު: 
 | 
 އެމް. އެސް 1 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ސީނިއަރ އޮފިސަރ ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ބ. އަތޮޅު ހޮސްޕިޓަލް 
 | 
| 
 މުސާރަ: 
 | 
 5610.00ރ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 2000.00ރ ( ދެހާސް ރުފިޔާ ) 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ހެލްތު އެލަވަންސްގެ ގޮތުގައި މުސާރައިގެ %35.
 
- ސަޕޯޓިންގކޯ އެލަވަންސްގެ ގޮތުގައި 700.00
 
- މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެޙޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން.
 
- މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތަކުއެހީތެރިވުން
 
- މުވައްޒަފުންނަށް އަންގަންޖެހޭ ލިއުންތައް އިސްވެރިޔާގެލަފާގެމަތިން އެންގުމާއި ، ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އިސްވެރިޔާގެ ލަފާގެމަތިން އަންގަންވާ ފަރާތްތަކަށް އެންގުން.
 
- އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތައް އިސްވެރިޔާގެލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން.
 
- ހޮސްޕިޓަލުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި ، ހޮސްޕިޓަލަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކަންކުރިއަށްދާގޮތް ބެލުން އަދި ފައިލް ކުރުމުގައި އެހީތެރިވުން.
 
- އިދާރީ މުވައްޒަފުންގެ މަސައްކަތް ކުރެވެމުންދާގޮތް ބަލައި ، ސްޕަވައިޒްކުރުން . އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއެޅާ އެހީތެރިވުން
 
- ހުރިހާ މުވައްޒަފުންގެ ފައިލްތައް ބެލެހެއްޓުން.
 
- ހޮސްޕިޓަލުން މަރާމާތުކުރަންޖެހޭތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމުއިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައިދިނުން.
 
- ސްޓޮކުން ތަކެތި ހުސްވިޔަނުދީ ސްޓޮކަށް މަދުވާ ތަކެތި ހޯދުމަށްފަހު ޕްރޮކިއުމަންޓަށް ރިކުއެސްޓް ކުރުން.
 
- އަތޮޅުގެޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކުރަންޖެހޭ މަރާމާތުތަކާގުޅިގެން ހުށައެޅޭ ލިޔެކިއުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވާ އެކަން ކުރެވޭނެމަގު ހޯދުމަށް މަސައްކަތް ކުރުން
 
- ސާރވަރ އެންޓްރީ ކަންތައްތައް ރަގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ ބެލެހެއްޓުން.
 
- ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމަށް ބާރުއަޅާ އެހީތެރިވުން
 
- ހޮސްޕިޓަލުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ މަސައްކަތް ކުރުމަށް ބާރުއަޅައި ، އެކަމުގައި އެހީތެރިވުން.
 
- ހޮސްޕިޓަލުގެ މަސައްކަތްތައް ( އިޢުލާނުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ) އިޢުލާނުކޮށް އެކަންތައްތައް އެންމެ އިންސާފުވެރި ގޮތުގައި ޤަވާޢިދާ އެއްގޮތަށް ކުރެވެތޯބަލާ އެމަސައްކަތްތައްކުރުން
 
- ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމުގައި އެހީތެރިވުމާއި ދުވަހުން ދުވަހަށް ފޮނުވުމަށް ބާރުއެޅުން.
 
- ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާ ، ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބެލަހައްޓަމުން ގެންދިއުން 
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން. 
ގުޅޭ ވަޒީފާގެ ދާއިރާތައް 
- މެނޭޖްމަންޓް
 
- އެޑްމިނިސްޓްރޭޝަން
 
 
 | 
| 
 ތަޢުލީމީ ރޮނގު(ތައް): 
- އެޑްމިނިސްޓްރޭޝަން 
- ބިޒްނަސް އެޑްމިނިސްޓްރޭޝަން 
- ބިޒްނަސް މެނޭޖްމަންޓް 
- މެނޭޖްމަންޓް 
- ޕަބްލިކް އެޑްމިނިސްޓްރޭޝަން 
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:  
- ބިޒްނަސް އެޑްމިނިސްޓްރޭޝަން 
- ބިޒްނަސް މެނޭޖްމަންޓް 
- ޕަބްލިކް އެޑްމިނިސްޓްރޭޝަން 
މަޤާމުގެ ކޯ ޑިސިޕްލިން: ނެތް 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
 
 
(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) 
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.4 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2025 ގެ 14:00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 ޝޯޓްލިސްޓުކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއު، އެސެސްމެންޓު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 29 ޖުލައި 2025 14 އޮގަސްޓް 2025 އާއި ދެމެދު ބ. އަތޮޅު ހޮސްޕިޓަލުގައެވެ. 
 | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން 
 | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600256 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (ރެކްރޫޓްމަންޓް އުޞޫލު | Civil Service Commission Maldives (csc.gov.mv))އިން ލިބެން ހުންނާނެއެވެ. 
 |