މަސައްކަތް
ނަންބަރު: (IUL)233-CA/233/2025/13
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި:
17 ޖުލައި 2025 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
30 ވަނަ އަރިއުތުރު ޤުރްއާން މުބާރާތަށް ފަނޑިޔާރުން ހޯދުން
- 2025 ޖުލައި 24 އިން 26 އަށް، މި އަތޮޅު ރަސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ، 30 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާނޭ ބޭފުޅުން ހޯދަން ބޭނުންވެއްޖެ އެވެ. ވީމާ، މަޢުލޫމާތު ކަރުދާހުގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުޠުހަމަވާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2025 ޖުލައި 15 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
- އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.
- އަންދާސީ ހިސާބު / ކޯޓޭޝަން ހުޅުވުން އޮންނާނީ، 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބު / ކޯޓޭޝަން ހުޅުވުމުގެ ބައްދަލުވުމަށް، އަންދާސީ ހިސާބު / ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނޭ ލިޔުމަކާއެކު ބޭފުޅަކު ފޮނުވިދާނެ އެވެ.
- ހުށަހަޅާ އަންދާސީ ހިސާބު / ކޯޓޭޝަން އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
10 ޖުލައި 2025