ޢާންމު މަޢުލޫމާތު
ނަންބަރު: IL-ADM/2015/62
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:12
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ބަންދު
މިއޮތޯރިޓީގެ ނަންބަރު: IL-ADM/2015/58 (ތާރީޚު: 10 ސެޕްޓެންބަރު 2015) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ. 1436 ވަނައަހަރުގެ އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށް ސަރުކާރުން ގެންނެވި ބަދަލާ ގުޅިގެން ހަވާލާ ދެވިފައިވާ އިޢުލާނުގައި ދެންނެވިފައިވާ 21 ސެޕްޓެންބަރު 2015ގެ ބަދަލުގައި 22 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހަކީ އެމްއެމްއޭ އިން ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ހުޅުވިފައި ހުންނާާނެ ދުވަހެއްގެ ގޮތުގައި ހަމަޖައްސައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 8:30 އިން މެންދުރު 2:00 އަށް.
ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 8:30 އިން މެންދުރު 3:00 އަށް.
1 ޛުލްޙިއްޖާ 1436 ހ.
15 ސެޕްޓެންބަރު 2015