ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2025/165
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 17 ޖުލައި 2025 12:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ޗެންޕިއަންޝިޕް 2025 ސްޕޮންސަރކުރުމަށް ހުޅުވާލުން

                ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، ކުޅުދުއްފުށީ ސިޓީގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިސިޓީއަށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ފުޓްބޯޅަ މުބާރާތް "ކުޅުދުއްފުށި ޗެންޕިއަންޝިޕް 2025" ކުޅުދުއްފުށި ސިޓީގައި  09 އޯގަސްޓް  2025 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

                ވީމާ، މިމުބާރާތް ސްޕޮންސަރކުރުމަށް އެދޭ ފަރާތްތަކުން، ސްޕޮންސަރކުރުމަށް އެދޭ ފޯމް 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

                ލިންކު: https://shorturl.at/wWtkr  

 

                މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި ގުޅުއްވާނީ 6527205 ނުވަތަ 6527185 އަށެވެ.

09 ޖުލައި 2025