ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 453-LTM-2/2015/08
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި:
01 އޮކްޓޫބަރު 2015 13:30
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދެ ވެހިކަލް ގަތުމަށް
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭނުން ކުރުމަށްޓަކައި ތިރީގައިމިވާ ސްޕެސިފިކޭޝަންގެ ސެކަންޑްހޭންޑް ދެ ވެހިކަލްގަތުމަށް ބޭނުންވެއެވެ.
- ޖިޕް ނުވަތަ އެސް.ޔޫ.ވީ.
- 1900 ސީ.ސީ އަށް ވުރެ ދަށް ނުވުން
- އޮޓޯ ޓްރާންސްމިޝަން
- 4 ވީލް ޑްރައިވް
- އުފެއްދި ފަހުން ފަސް އަހަރުނުވާ ވެހިކަލެއް ކަމުގައިވުން.
- އޭ.ސީ އަދި ސްޓޭންޑަޑް އޮޕްޝަނަލާއެކު.
- ޕަސިންޖަރުން އުފުލޭ އަދަދު: 5
- ޑެލިވަރ ކުރަންޖެހޭ ތަން : ހުޅުލެ
އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް އިވެލުވޭޓްކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު ތިރީގައި މިވަނީއެވެ.
އަގު: %50
މުއްދަތު :%20 (ގިނަވެގެން 15 ދުވަސް)
ވެހިކަލް ކޮންޑިޝަން : %30
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޮމާންޑުގެ ނަންބަރު 3018001 ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 1 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މި ކޮމާންޑަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
15 ސެޕްޓެންބަރު 2015