ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2025/10
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 15 ޖުލައި 2025 12:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ( އިނގިރޭސި މާއްދާއަށް)

މަޤާމު:

ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް ( އިނގިރޭސި މާއްދާއަށް)

މަޤާމުގެ ނަންބަރު:

J-372643

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ކ. މާލެ

 

 

މަޤާމުގެ ރޭންކާއި ޕަބްލިކް ސަރވިސް ރޭންކާއި މަޤާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސާއި ހާޒިރީ އިނާޔަތާއި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ:

މަޤާމް

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް

ޝަރުޠު

މަގާމުގެ އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް

ރޭންކް 1، ސްޓެޕް 1

ރޭންކް 8

-        މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

-/12753ރ

-/5951ރ

-/161ރ

ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް

ރޭންކް 2، ސްޓެޕް 1

ރޭންކް 9

-        މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

-        އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް، ރޭންކް 1ގައި 4 އަހަރު ޚިދުމަތް ކޮށްފައިވުން

-/14886ރ

-/6947ރ

-/188ރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު އެކުލަވާލުމާއި ތަރައްޤީ ކުރުމަށް މި އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ބައިވެރިއެއްގެ ގޮތުން މަސައްކަތް ކުރުން
  2. އިނގިރޭސި މާއްދާގެ ފަންނީ ޕެނަލާއި ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓުންގެ މަޝްވަރާގެ މަތިން މާއްދާގެ މުޤައްރަރު އެކުލަވާލުމާއި ދަރިވަރުންގެ ކުރިއެރުން ވަޒަން ކުރާނެ އުޞޫލުތައް ކަނޑައެޅުމާއި އެހީތެރިވުން
  3. ސްކޫލްތަކަށް ގޮސް އިނގިރޭސި މާއްދާގެ މަންހަޖު ތަންފީޒު ކުރާގޮތް ބަލައި

(ހ) މުދައްރިސުން ބޭނުންވާ ކަންކަން ފާހަގަކޮށް އެކަންކަމުގައި އެހީތެރިވުމުގެ ގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދާފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން

(ށ) މާއްދާގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވާ ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން

(ނ) އިނގިރޭސި މާއްދާ ކިޔެވުމާއި ކިޔަވައި ދިނުމާ ބެހޭގޮތުން މުދައްރިސުންނާއި ބެލެނިވެރިންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން

  1. އިނގިރޭސި މާއްދާ ކިޔެވުމާއި ކިޔަވައި ދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި ކަނޑައެޅުމާއި، ޑިޒައިން ކުރުމާއި އުފައްދާފައިވާ ތެކެތި އިޞްލާޙުކުރުން
  2. ތިންވަނަ މާއްދާގައި ބުނާ ތަކެތީގެ ތެރެއިން މި އިންސްޓިޓިއުޓް ނޫން އެހެން ތަންތަނުން އުފައްދާ މިފަދަ ތަކެތީގެ ތެރެއިން ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް އެކަށީގެންވާ ތަކެތި ކަނޑައެޅުމާއި، ޑިޒައިންކުރުމާއި އުފެއްދުން
  3. ސްކޫލްތަކާއި އިނގިރޭސި މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާއެކު މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައި ދިނުމުގެ އެހީތައް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިވުން
  4. ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި އަލަށް ޚިދުމަތަށް ނިކުންނަވާ ޓީޗަރުން އިނގިރޭސި މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޒު ކުރުމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގަންޖެހޭ ތަމްރީން ޕްރޮގްރާމްތައް ހިންގުން
  5. އިނގިރޭސި މާއްދާގެ މަންހަޖު ތަންފީޒުކުރަން ބޭނުންވާނޭ ޓްރެއިނިންގ މޮޑިއުލްތައް ބޭނުންކުރާނޭގޮތުގެ މަޢުލޫމާތާއި އިރުޝާދު ދިނުން
  6. އިނގިރޭސި މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން
  7. ބޭރުގެ އެކިއެކި އެހީގެ ދަށުން ހިޔުމެނިޓީޒް ސެކްޝަނާ ގުޅިގެން ހިންގާ ޕްރޮޖެކްޓްތައް ރާވައި ހިންގުން
  8. ލިޓްރަސީ ސްޓްރެޓަޖީގެ ދަށުން އުފައްދަންޖެހޭ ލިޓްރަސީ ތަކެތި އުފެއްދުމާއި ތަންފީޒުކުރުމަށް ބޭނުންވާ ތަމްރީނު ދިނުމުގައި އެހީތެރިވުން
  9. އިނގިރޭސި މާއްދާގެ އެހެން މުވައްޒަފުން ކުރާ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި ފަންނީ ލަފަޔާއި އިރުޝާދު ދިނުން
  10. ކަރިކިޔުލަމް ޑިވެލޮޕްމަންޓް ޑިވިޜަންގެ ފަންނީ ކަންކަމާއި އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް

އެޑިޔުކޭޝަން، ޓީޗިންގ، އިންގްލިޝް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަރވިސް، އެޑިޔުކޭޝަން

ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ

ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކެންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން

މަސައްކަތު ތަޖުރިބާ

ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ މަތީ ތަޢުލީމާ ގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ

އަސާސީ ޝަރުޠު ހަމަވުން

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ، ރޭންކް 1ގެ ޝަރުޠު ފުރިހަމަވުން

25

 

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ، ރޭންކް 2ގެ ޝަރުޠު ފުރިހަމަވުން

30

ތަޖުރިބާ

އަސާސީ ޝަރުޠުގައި ބަޔާންކުރާ "ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި" މަސައްކަތްކޮށްފައިވާ މުއްދަތަށްވުރެ އިތުރުވާ ތަޖުރިބާ

5

 

އަސާސީ ޝަރުޠުގައި ބަޔާންކުރާ "މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާ"ގެ މުއްދަތަށްވުރެ އިތުރުވާ ތަޖުރިބާ

5

އިންޓަރވިއު

35

ޕްރެކްޓިކަލް

25

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025ވަނަ އަހަރުގެ ޖުލައިމަހު 15ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ރަށްދެބައި ހިނގުން، ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ލިޔެކިޔުންތައް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 2025 ވަނަ އަހަރުގެ ޖުލައިމަހުގެ 24ވަނަ ދުވަހާއި 2025 ވަނަ އަހަރުގެ  ޖުލައިމަހުގެ 31ވަނަ ދުވަހާއި ދެމެދުގައެވެ.  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން،  ރަށްދެބައި ހިނގުން، ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041416 ނުވަތަ 3323242އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  https://www.csc.gov.mv/Policy/Index/86)) އިން ލިބެން ހުންނާނެއެވެ.


14 މުހައްރަމް 1447

09 ޖުލައި 2025