ދިވެހިރާއްޖެ
މިކުންފުނީގެ މިދަންނަވާ ފާމަސީތަކަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ
މަސައްކަތްކުރާ ތަން |
އަސާސީ މުސާރަ |
ޢަދަދު |
މަޤާމު |
އެސް.ޓީ.އޯ ކ. ގުޅި ފާރމަސީ
|
4350 |
1 |
ފާރމަސިސްޓް |
3380 |
2 |
ފާރމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ ބ. ފެހެންދޫ ފާރމަސީ |
3380 |
1 |
ފާރމަސީ އެސިސްޓެންޓް |
- ފާރމަސިސްޓް
މަޤާމުގެ މަސްއޫލިއްޔަތު
* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
* ބޭސް ދޫކުރުން
* ހަރުތަކުގައި ބޭސް އެތުރުން
* ކޮންޓްރޯލް ޑްރަގްސް ރިޕޯޓް ތައްޔާރުކުރުން
* މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން
ތަޢުލީމީ ތަޖްރިބާ:
* އެޑްވާންސްޑް ސެޓުފިކެޓު އިން ފާރމަސީ ނުވަތަ ޑިޕްލޮމާއިން ފާރމަސީ ކޯސް ފުރިހަމަކޮށްފައިވުން
2. ފާރމަސިސްޓް އެސިސްޓެންޓް
މަޤާމުގެ މަސްއޫލިއްޔަތު
* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
* ބިލް ހެދުން
* މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
* ހަރުތަކުގައި ބޭސް އެތުރުން
* ކްރެޑިޓް ބިލް ޗެކްކުރުން
* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމީ ތަޖުރިބާ
* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: 1500.00ރ އާއި 2450.00ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތަށް ހަޖައްސައިދެވޭނެ
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
* މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 17 ވާ ބުރާސްފަަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓް / ކުށުގެރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344368 /3344179 ފެކްސް: 3344041 އީމެއިލް އެޑްރެސް: [email protected]